ދިރާގު ބްރޯޑްބޭންޑް ބޫސްޓާއިން ދެގުނަ ޑޭޓާ ލިބޭ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑުގެ ބޫސްޓާ އެކްޓިވޭޓް ކޮށްގެން ދެ ގުނަ ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ބޫސްޓާތަކަކީ ޕެކޭޖު ހުސްވެއްޖެ ހާލަތެއްގައި ވަކިން ނެގޭ ގޮތަށް ހަދާފައިވާ ޑޭޓާ ޕްލޭންތަކެކެވެ. ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ ދިރާގު މޯބައިލް އެޕް ނުވަތަ އެ ކުންފުނީގެ ވެބްސައިޓުގައިވާ “މައި އެކައުންޓް” އަށް ލޮގިން ކޮށްގެން ނެގޭނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް ދެ ގުނަ ޑޭޓާ  ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.    

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން ދިރާގު ހޯމް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 80 ޕަސެންޓަށް އަންނަނީ ފޯރުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.