އުރީދޫން މާލޭގެ ބޮޑު ސަރަހައްދަކަށް 5ޖީ ފޯރުކޮށްދީފި

އުރީދޫ މޯލްޑިވްސްއިން މިއަދު މުޅި ދުނިޔެއަށް ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބެއް ގެނުވައިދޭ 5ޖީ ނެޓްވޯރކް، މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފިއެވެ.

މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމު ސަރަހައްދުތައް ހިމަނާފައިވެއެވެ. 5ޖީ ނެޓްވާރކް އިފްތިތާޙް ކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާ ގައި އުރީދޫ މޯލްޑިވްސް އިން ވަނީ 5ޖީ ހޯމް ބްރޯޑްބޭންޑް އެއަރފައިބަރ 10 ގުނަ އިތުރު ސްޕީޑާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފް ކޮށްފައެވެ. 

ރާއްޖޭގެ ޑިޖިޓަލް ވިއުގައަށް އުރީދޫމޯލްޑިވްސް އިން މިގެނެސްދިން 5ޖީ ގެ އިންގިލާބީ ޚިދުމަތައް ތަޢާރަފް ކުރެވިފައިވަނީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމާލާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ފައްޔާޒް އިސްމާއިލް އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަލްފާޟިލް ހާމިދު ޝަފީޢު އާއި އުރީދޫ މޯލްޑިވްސްގެ ޗެއަރމަން، އެންޑުރޫ ކުވެލްސެތް، މެނޭޖިންގް ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބު ޙާން، އުރީދޫ މޯލްޑިވްސްގެ ބޯޑް ޑިރެކްޓަރުން، އަދި ލީޑަރޝިޕް ޓީމްގެ މެމްބަރުންގެ ހާޒިރުގައި ބޭއްވުނު ޚާއްޞަ ވާރޗުއަލް ހަފްލާއެއްގައެވެ.

މި ޙަފްލާ ގައި ވާހަކަފުޅު ދައްކަވަމުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ  5ޖީ ޓެކްނޮލޮޖީ މުޅިދުނިޔެ ބަލާލި ކަމުގައިވިޔަސް އާދަޔާ ޚިލާފު ބޮޑެތި ބަދަލުތަކެއް ހުރިހާ ދާއިރާއަކަށްވެސް ލިބިގެން ދިއުމުގެ ޤާބިލްކަން ހުރި ޓެކްނޮލޮޖީއެއްކަން ދަނީ ސާބިތު ކޮށްދެމުން ކަމަށެވެ.

“ގައުމުގެ އިގްތިޞޯދީ އަދި އިޖްތިމާޢީ ކުރިއެރުމަށް އިންޓަނެޓް ގެ ޚިދުމަތް ގެ މުހިންމުކަން މިއަދު މިވަނީ އެތައްގުނައަކަށް އިތުރުވެފަ.  5ޖީ ޓެކްނޮލޮޖީ އާއެކު ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ވަރުގަދަވެ މުޖުތަމަޢު ތަކަށް ބޮޑެތި ހައްލުތައް ލިބިގެންދާނެކަމީ ޝައްކެއް ނެތް ކަމެކެވެ. ޑިޖިޓަލް މޯލްޑިވްސް އެއް ގާއިމުކޮށް ވަރުގަދަ ނެޓްވާރކް އަކާއެކު އައު އީޖާދީ ޓެކްނޯލޮޖީ އާއި ދިވެހިން ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސް ގެ މެނޭޖްމަންޓް އަދި ސްޓާފުން މެދުކެޑުމެއްނެތި ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަން.”

އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ ވިދާޅުވީ ފާއިތުވެދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުންވެސް ޑިޖިޓަލް ޒަރީޢާތަކަށް ބަރޯސާވެ ޚިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ދުނިޔެއަށް ކުރިމަތިވި ޕެންޑަމިކް އާއި ގުޅިގެން ދިމާވި ދަތިތަކާއެކުވެސް އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކޮށްފައިވަނީ 5ޖީ ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރުން އެއީ އެންމެ މުހިންމު ކަމެއް ކަމުގައި ދެކިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

“މުޖުތަމައު ތަކުގެ ދިރިއުޅުމުގެ އައު ވައްޓަފާޅިއަށް ބިނާކޮށް ޑިޖިޓަލް ކޮށް ގުޅިފައިވާ މުޖުތަމައު އެއް އުފެއްދުމަކީ މިވަގުތަށް އެންމެ މުހިންމުކަމެއްކަމުގައިދެކިގެން. ހަމަ އެޔާއެކު 5ޖީގެ ހަލުވި ސްޕީޑް ގިނަބަޔަކަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މިއަދު އަޅުގަނޑުމެންމިވަނީ 5ޖީ އެއަރފައިބަރ މާލޭގެ ގިނަ ހިސާބުތަކަކަށް ތައާރަފްކުރެވިފައި. މި ހިދުމަތާއެކު ފައިބަރ އޮޕްޓިކް މެދުވެރިކޮށް އިނަޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިމާވާ ދަތިތަކަށް ހައްލެއްލިބި ވައިގެ ޒަރިއްޔާއިން އެތަށްގުނައަކަށް އިތުރު ސްޕީޑާއެކު ފުރިހަމަ އިންޓަނެޓްގެ ފައިދާތަށް މުޖުތަމައުތަކަށް ލިބިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ދެމި ތިބެ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް 5ޖީގެ ހިދުމަތް ފޯރުކޮށްދީ އައު ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން.”

އުރީދޫން ބުނިގޮތުގައި 5ޖީޓެ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެ އެވެ. އަދި މި ކުރިއެރުމާއި އެކު، ޑްރައިވަރުންނާއި ނުލާ ދުވާ ކާރު، އުދުހޭ ޓެކްސީ، އަދި ޑްރޯން މެދުވެރިކޮށް ތަކެތި ޑެލިވަރ ކުރުން ފަދަ އީޖާދީ ޚިދުމަތްތަކާއި އިންޓަނެޓް ކަނެކްޓިވިޓީ އާއި އައި.އޯ.ޓީ ތަޖުރިބާ ކުރާ ގޮތް މުޅިން ބަދަލުވެގެންދާނެކަމީ ޔަގީންކަމެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި ޕްރީޕެއިޑް އާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް 5ޖީ ފޯރުކޮށްދޭއިރު، މާލޭގެ ބޮޑު ސަރަހައްދަކުން، 5ޖީ ޑިވައިސްތައް މެދުވެރިކޮށް މިޙިދުމަތް ލިބިގެންދާނެއެވެ. ރަސްމީކޮށް ޚިދުމަތްދޭން ފެށުމަށްފަހު، އަދިވެސް އިތުރު ޑިވައިސްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް، ދުނިޔޭގެ އެކި އޮޕަރޭޓަރުންނާއި ގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އުރީދޫން ބުންޏެވެ. އުރީދޫއިން 5ޖީ ފޯރުކޮށްދޭ ސަރަހައްދުތަކުގެ ޗާޓު، ވެބްސައިޓް މެދުވެރިކޮށް ބައްލަވާލެވޭނެއެވެ.

މޯބައިލް 5ޖީ ގެ އިތުރުން، މާލޭގެ ކަސްޓަމަރުންނަށް 5ޖީ އެއަރފައިބަރ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް، 5ޖީ އެންމެ ހަލުވިކަމާއެކު ތަޖުރިބާކޮށްލެވޭނެއެވެ. މި ޚިދުމަތް ވެގެންދާނީ، މުޖުތަމަޢުގެ ވަކި ފަރުދުންނަށާއި ވިޔަފާރިތަކަށް އުފާވެރި ހަބަރަކަށެވެ. ހާއްސަކޮށް، ދުރު ރަށްތަކާއި ގޭގައި މަސައްކަތް ކުރިޔަށްގެންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް  އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

5ޖީ ޚިދުމަތް ލިބޭ ސަރަހައްދެއްތޯ ބެއްލެވުމަށް ފަހު، އުރީދޫ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް 5ޖީ އެއަރ ފައިބަރ ޑިވައިސް، ޕްރީބުކް ކުރެއްވޭނެއެވެ. ކަސްޓަމަރުންނަށް 5ޖީ ތަޖުރިބާކޮށްލެވޭގޮތަށް، ވީއާރް ކެފޭ އާއި އުރީދޫ ކްލަބް ޕްރެމިއަރ ލައުންޖްގައި އެކްސްޕީރިއަންސް ޒޯންތަކެއްވަނީ ހުޅުވާލާފައެވެ.

އުރީދޫ އާއި މުޅި ދުނިޔެއަށްވެސް އިންގިލާބެއް ގެނެސްދިން 5ޖީ ނެޓްވާރކް، މުޅިން އަލަށް ގަތަރުގައި ތައާރަފް ކުރެވުނީ 2018ގައެވެ. ޑިޖިޓަލް ޚިދުމަތްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ތައާރަފްކުރުމަށް، ދެކުނު އޭޝިޔާ، އެރޭބިއަން ގަލްފް އަދި އުތުރު އެފްރިކާގައި އިންވެސްޓްމަންޓްތަކެއް ވަނީކޮށްފައެވެ. ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެއެވެ.

އުރީދޫ 5ޖީ އާއިގުޅޭ އިތުރު މައުލޫމާތް ހޯދުމަށް: http://ore.do/5grevolution

5ޖީ އެއަރފައިބަރ ޕްރީބުކް ކޮށްލުމަށް: http://ore.do/getairfibre

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.