އުރީދޫއިން ސެމްސަންގު ފަހުގެ ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައިފި

ހާއްސަ އޮފާތަކާއެކު ސެމްސަންގްއިން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް 21+ 5ޖީ އަދި އެސް 21+ އަލްޓްރާ 5ޖީ ޕްރީއޯޑާ ކުރަން އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫއިން ބުނީ ޕްރީއޯޑަރަށް ގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒްގެ ފޯނަކާއެކު ކޮންމެ މަހަކު ދެ ޖީބީ ހިލޭ ޑޭޓާ، ހަ މަސް ދުވަހަށް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޕްރީއޯޑާ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ އަކާއެކު ސްމާޓް ޓެގް އަދި ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ލިބޭނެ އެވެ. އަދި ޕްރީއޯޑާ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާއަކާއެކު ލިބޭނީ ސްމާޓް ޓެގަކާއި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެކެވެ.

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 21+ (256 ޖީބީ) 22،799ރ އަށް ވިއްކާއިރު، ސެމްސަންގް ގެލެކްސީ އެސް 21+ އަލްޓްރާ (256 ޖީބީ) ވިއްކަނީ 27،399ރ. އަށެވެ.

ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑާ ހާއްސަ އޮފާގެ އިތުރުން އީ ސިމް އަޕްގްރޭޑް ވެސް މުޅިން ހިލޭ ލިބޭނެ އެވެ.

މިއަދު ޕްރީއޯޑަރަށް ހުޅުވާލި ސެމްސަންގް ގެލެކްސީ 21+ ސީރީޒްގެ ފޯނުތައް އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ވެސް ޕްރީއޯޑާ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.