ރާއްޖޭގެ އެންމެ ބޮޑު އެއް މޮބައިލް ނެޓްވޯކް ކަމަށްވާ ދިރާގުން ސެމްސަންގް ފަހުގެ ފޯނު ޕްރީ-އޯޑަރަށް ހުޅުވާލައިފި އެވެ.
ދިރާގުން ބުނި ގޮތުގައި މިހާރު ޕްރީއޯޑަރަށް ހުޅުވާލާފައިވާ ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ ފޯނަށް އެ ކުންފުނިން ހަ މަސް ދުވަސް ވަންދެން 10 ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސެމްސަންގްގައި ހިމެނޭ ބައެއް އާލާތްތައް ވެސް ހިލޭ ދެ އެވެ. މީގެ އިތުރުން ހާއްސަ އޮފާއެއްގެ އިތުރުން އީ-ސިމް އަޕްގްރޭޑް މުޅިން ހިލޭ ލިބޭނެ އެވެ.
ސެމްސަންގުން ބުނެފައިވާ ގޮތުގައި ގެލެކްސީ އެސް 21 ޕްލަސް ސީރީޒަކީ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ފޯނުތަކެވެ. މި ފޯނުތަކުގައި 8ކޭ ރިޒޮލިއުޝަންގެ ވީޑިއޯ ނެގޭއިރު ވީޑިއޯ ނަގަމުން ފޮޓޯ ވެސް ނެގޭނެ އެވެ.
ޕްރީއޯޑާ އަގުތައް:
- ސެމްސަންގް ގެލެކްސީ އެސް 21: 18،559ރ.
- ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް، 256ޖީބީ: 23،199ރ.
- ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަލްޓްރާ، 256ޖީބީ: 27،859ރ.