މަމެން ޑޭޓާ އެޑް އޮން ތަކުން %15 ޑިސްކައުންޓް

ދިރާގުން މަމެން ޑޭޓާ އެޑް-އޮން ތަކުން ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން  15% ޑިސްކައުންޓް 20 މާރިޗް 2021 އާ ހަމައަށް ޑޭޓާ އެޑް އޮން ތަކުން ލިބިގެން ދާނެއެވެ.

ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް “އެޑް-އޮންސް” ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެއެވެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ “އާރބީ” އިންނެވެ. އަދި ޕެކޭޖް ގަތުމާއެކު “އާރބީ”ގެ ބެލެންސުން ކެނޑިގެން ދާނެއެވެ.

ހުރިހާ ކަސްޓަމަރުންވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައިއެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް.އެމް.އެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެއެވެ. 

ދިރާގުންވަނީ ޙާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއް މިދިޔަ އަހަރު ޑިސެމްބަރ މަހުގެތެރޭގައި ތައާރަފްކޮށްފައެވެ. މި އެޑް އޮން ތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮން ތަކެކެވެ. ކަސްޓަމަރުންނަށް 7 ދުވަހާއި 15 ދުވަހާއި އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވައި  އެޕެއްކަންވެސް ފާހަނގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.