ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން، ހުރިހާ ކަސްޓަމަރުން ވެސް އޮންލައިންކޮށް ޚިދުމަތް ހޯދަން އުރީދޫން އެދިއްޖެ އެވެ.
އެ ކުންފުނީގެ މުހިންމު ހިދުމަތްތައް ދެ ޕްލެޓްފޯމަކުން މިހާރު ލިބޭނެ އެވެ. އެއީ އުރީދޫ މޯބައިލް އެޕްލިކޭޝަނާއި ޑިޖިޓަލް ސެންޓަރުތަކުންނެވެ.
އެގޮތުން ބިލް ދެއްކުމާއި ރިޗާޖު ކުރުން އަދި ކަސްޓަމާ ކެއާ މުވައްޒަފުންނާ ވާހަކަ ދެއްކުން ފަދަ ހިދުމަތްތައް އެޕްލިކޭޝަނުން ލިބޭނެއެވެ. މީގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމު މޫލީ މެދުވެރިކޮށް ވިޔަފާރިވެސް ކޮށްލެވޭނެއެވެ.
އުރީދޫ ޑިޖިޓަލް ސެންޓަރަކީ ވެސް 24 ގަޑިއިރުގެ ޚިދުމަތް ލިބޭ ތަނެކެވެ. މި ސެންޓަރުން ޕްރިޕެއިޑް ސިމް ކާޑާއި ބިލް ދެއްކުމާއި ރީޗާޖު ކުރުމުގެ އިތުރުން އެމް ފައިސާ އަށް ކޭޝް އިން ކުރެވޭނެއެވެ.
މިހާތަނަށް މި ސެންޓަރުތައް ހުޅުވާފައިވަނީ މާލެ އާއި ހުޅުމާލެ އާއި ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދު އާއި ފުވައްމުލަކާއި އައްޑޫ ހިތަދޫގައެ