އުރީދޫން ހިއްސާއަކަށް 2.34ރ. ބަހަން ހުށަހަޅަނީ

މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.34ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން އުރީދޫން ނިންމައިފި އެވެ.

އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިގޮތަށް ފާސްކޮފައިވާއިރު އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ވަނި އަންނަ މަހަށް ތާވަލްކޮށްފައެވެ.

ކުންފުނީގެ ހިއްސާއަކަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި އަދަދު ބަހަން ނިންމާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާ ދާރުންގެ ވޯޓުންނެވެ.

އުރީދޫއިން ބުނީ ޖަލްސާގައި ބައިވެރިވެ، ހިއްސާގެ ފައިދާ ލިބޭނީ މި މަހު 15 ވާ ހޯމަ ދުވަހުގެ މެންދުރު 2:30ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. 2020 ވަނަ އަހަރު އުރީދޫ އަށް 407 މިލިއަން ރުފޔާގެ ފައިދާ ލިބިފައި ވެއެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، މި މަހު 15 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.