އުރީދޫ އަހަރީ އާއްމު ޖަލްސާ އަންނަ މަހުގެ ދެ ވަނަ ދުވަހު

އުރީދޫ މޯލްޑިވްސްގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމައި، އޭގެ ނޯޓިސް ހިއްސާދާރުންނަށް ފޮނުވައިފަ އެވެ.

މިއަހަރުގެ އޭޖީއެމް ބާއްވާނީ ފަހިވޯޓު މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އުރީދޫ އިން ބުންޏެވެ. އޭޖީއެމް ކުރިއަށް ގެންދަން ނިންމާފައިވަނީ މާޗު ދެވަނަ ދުވަހުގެރޭ 8:30ގަ އެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާ ދާރުން މި މަހުގެ 28 ގެ ކުރިން ރެޖިސްޓްރީ ވާން ފުރުސަތު ހުޅުވާލާފައިވާއިރު ޕްރޮކްސީ ރެޖިސްޓާ ކުރުމުގެ ފުރުސަތުވެސް އެ ތާރީހާ ހަމައަށް އޮންނާނެ އެވެ.

ހިއްސާގެ ފައިދާ ލިބޭނީ މި މަހު 15 ވާ ހޯމަ ދުވަހުގެ މެންދުރު 2:30ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މި ހުސްވި 2020 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އަށް ލިބުނު ފައިދާ އިން އެ ކުންފުނީގެ ހިއްސާ އަކަށް 2.34 ރުފިޔާ ބަހަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ.

ކުންފުނީގެ ހިއްސާއަކަށް ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި އަދަދު ބަހަން ނިންމާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާ ދާރުންގެ ވޯޓުންނެވެ. 2020 ވަނަ އަހަރު އުރީދޫ އަށް 407 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވެ އެވެ.

އުރީދޫގެ ހިއްސާގެ ތެރެއިން އާންމުން ހިއްސާ ވަނީ އެކުންފުނީގެ ޖުމްލަ ހިއްސާގެ 9.5 ޕަސެންޓެވެ. ބާކީ 90.5 ޕަސެންޓަކީ އުރީދޫގެ މައި ކުންފުނި، ވަތަނިއްޔާ އިންޓަނޭޝަނަލްގެ ހިއްސާ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.