ބީއެމްއެލުން 10 ސްކޫލެއްގެ ސެން ކްލާހަށް އެހީވެއްޖެ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި، ބީއެމްއެލުން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.

ބީއެމްއެލްގެ މި އެހީގެ ސަބަބުން، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ކްލާސްތަކުގައި 400 އަށްވުރެ ގިނަ ކުދިންނަށް ކިޔަވައިދޭން އިތުރަށް ފަސޭހަތަކެއް ލިބޭނެ އެވެ.

ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދިން ސްކޫލްތައް

  • ހއ. އަތޮޅު ތައުލީމީ މަރިކަޒު
  •  ހދ. އަތޮޅު ތައުލީމީ މަރުކަޒު
  •  ޅ. އަތޮޅު ތައުލީމީ މަރުކަޒު
  • ކ. އަތޮޅު މަދަރުސާ
  • އއ.މަތިވެރި ސްކޫލު
  •  އއ.ފެންފުށި ސްކޫލު
  • ދ. އަތޮޅު ތައުލީމީ މަރުކަޒު
  • ލ. އަތޮޅު ތައުލީމީ މަރުކަޒު
  •  މުހައްމަދު ޖަމާލުއްދީން ސްކޫލު
  •  ސ. އަތޮޅު މަދަރުސާ

ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފާއިތުވި އަހަރުގެ ތެރޭގައި ވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 10  ސްކޫލްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއަރ ވެސް ވަނީ ހަދިޔާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.