ބ. އަތޮޅު ރިސޯޓެއްގައި އެއް މިލިއަން ޑޮލަރަށް ހަތަރު ދުވަހުގެ ޗުއްޓީއެއް!

ބ. އަތޮޅުގައި އޮންނަ “ދަ ނޯޓިލަސް މޯލްޑިވްސް” އަށް މިލިއަން ޑޮލަރު ހޭދަކޮށްގެން ހަތަރު ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލެވޭނެ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

މިޕެކޭޖްގެ ދަށުން ނައުޓިސް މޯލްޑިވްސްގައި އެންމެ ރެއެއް ހޭދަކުރުމަށް 250000 ޑޮލަރު ޚަރަދު ކުރަން ޖެހޭނެއެވެ. ޕެކޭޖް ނަގާ ކޮންމެ މީހަކު ވެސް މަދުވެގެން ހަތަރު ރޭ ރިސޯޓްގައި ހޭދަކުރުން މަޖުބޫރެވެ.

ފައިވް ސްޓާގެ މި ރިސޯޓުގައި ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ވެސް ރާއްޖޭގެ އެހެން ރިސޯޓްތަކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބޭނެއެވެ.

މިރިސޯޓުން ތައާރަފް ކުރި އާޕެކޭޖް ބޭނުންވާ ފަރާތްތަކަށް ޕެކޭޖް ނެގުމަށް ފަހު ހަތަރު މަސްދުވަސް ތެރޭގައި ޕެކޭޖް ކެންސަލް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް އޭރުން ރިފަންޑްގެ ގޮތުގައި ލިބޭނީ ދައްކާފައިވާ ފައިސާގެ ދެބައިކުޅަ އެއްބައެވެ.

އަގުބޮޑު ޕެކޭޖް ގަންނަން ފަރާތްތަކަށް ލިބޭނެ ހާއްސަ ޚިދުމަތްތަކުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަތުރުވެރިޔަކަށް ވީއައިޕީ ޚިދުމަތް ލިބިގެން ދާނެއެވެ. ރިސޯޓަށް ދަތުރު ކުރުމުގެ ކުރިން އަމިއްލަ ލައުންޖެއްގައި މަޑުކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާނެއެވެ.

މި ޕްރައިވެޓް އައިލެންޑް ރިސޯޓުގައި 26 ބީޗް އަދި އޯޝަން ހައުސް ހުރެ އެވެ. ޔުނެސްކޯގެ ބައޮސްފިޔާ ރިޒާވްގައި އޮންނަ މި ރިސޯޓަށް ދާ ހުރިހާ ޓޫރިސްޓުންނަށް އެންމެ ފުރިހަމަ ބަޓްލާ ސާވިސް ލިބޭނެ އެވެ.

ކޮވިޑްގެ ހާލަތަށް ފަހު ރާއްޖެ ޓޫރިޒަމަށް މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވާލުމާއެކު ދަ ނޯޓިލަސް މޯލްޑިވްސް އަލުން ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.