ހިއްސާދާރުންގެ ރެސިޑެންސީ މައުލޫމާތު ދޭން އުރީދުއިން އެދެފި

ހިއްސާދާރުންގެ ރެސިޑެންސީ ސްޓޭޓަސް މައުލޫމާތު ފުރިހަމަކޮށްދިނުމަށް އުރީދޫއިން އެދެފިއެވެ.

އުރީދޫއިން ބުނެފައިވަނީ އިންކަމް ޓެކްސް ގާނޫނުގެ 25/2019 ބުނާ ގޮތުން “ނޮން-ރެސިޑެންޓް” ހިއްސާދާރުންނަށް ލިބޭ ހިއްސާގެ 10 ޕަސެންޓު ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި އުނި ކުރެވޭނެ ކަމަށެވެ. އަދި ހިއްސާގެ ފައިދާ ބަހާއިރު ހިއްސާދާރަކީ ރާއްޖޭގެ މީހެއްކަން އެކުންފުންޏަކަށް ކަށަވަރު ނުކުރެވޭ ހާލަތެއްގައި އެ ހިއްސާދާރަކީ ރާއްޖޭގެ ވަޒަންވެރި މީހެއް ނޫން ގޮތުގައި ބެލެވޭނެ ކަމަށެވެ.

އުރީދޫއިން ބުނީ، އެފަދަ ހާލަތްތަކުގައި ވެސް ހިއްސާގެ ފައިދާއިން ވިތުހޯލްޑިން ޓެކުހަށް ކެނޑޭނެ ކަމަށް އިންކަމް ޓެކްސް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އުރީދޫއިން ވަނީ ކުރިއަށް އޮތް ތަނުގައި ހިއްސާގެ ފައިދާ ބަހާނީ އިންކަމް ޓެކްސް ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވުމާއެކު ރެސިޑެންސީ ސްޓޭޓަސްގެ މައުލޫމާތު ފުރިހަމަ ކޮށްދިނުމަށް އިލްތިމާސް ކޮށްފައެވެ.

ރެސިޑެންސީ ސްޓޭޓަސްގެ މައުލޫމާތު ފުރިހަމަ ކުރުމަށް މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ އުރީދޫއަށް މެއިލްކޮށްގެން ވެސް ހިއްސާކުރެވޭނެ ކަމަށް އޫރިދޫއިން ވަނީ ބުނެފައެވެ. މި ފޯމު އުރީދޫގެ ވެބްސައިޓުން ޑައުންލޯޑު ކުުރުމަށްފަހު ފުރައި އީމެއިލް ކުރާނީ [email protected] އަށެވެ.

އެ މައުލޫމާތު ފުރިހަމަ ނުކުރާ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ލިބޭނީ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 ޕަސެންޓު އުނިކުރުމަށްފަހުގައި ކަމަށާއި އޫރިދޫއިން ދެން ހުރިހާ ހިއްސާއެއްވެސް ބަހާނީ އިންކަމް ޓެކްސް ގާނޫނުގެ ދަށުން ކަމަށް ވަނީ ބުނެފައެވެ. އެހެން ކަމުން އެކަން އެގޮތަށް ނުވާނެހެން ރެސިޑެންސީ ސްޓޭޓަސްގެ މައުލޫމާތު ފުރިހަމަ ފުރިހަމަ ކުރުމަށް އުރީދޫއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.