އުރީދޫން ހިއްސާއަކަށް 2.34 ރުފިޔާ ބަހަން ފާސްކޮށްފި

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ އަކަށް 2.34ރ. ބަހަން ފާސްކޮށްފި އެވެ.

މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ “ފަހިވޯޓް” އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަށް ޕްރޮކްސާއާއެކު 44 ހިއްސާދާރުން ހާޒިރުވެފައިވެ އެވެ. އެއީ އޮންލައިންކޮށް ބައިވެރިވި 35 ހިއްސާދާރުންނާއި ޕްރޮކްސީއާއެކު ބައިވެރިވި އަށް ހިއްސާދާރުން އެވެ. މި ހިއްސާދާރުން 1.34 މިލިއަނަށް ވުރެ ގިނަ ހިއްސާ ތަމްސީލް ކުރި އެވެ.

އުރީދޫން އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 85 ޕަސެންޓް ބަހަން ނިންމުމާއެކު ހިއްސާއަކަށް ޖެހޭ 2.34ރ. ބަހަން އޭޖީއެމްގައި ބައިވެރިވި ހުރިހާ މެންބަރުން ވަނީ ވޯޓު ދީފަ އެވެ.

އުރީދޫން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާންގެ އިތުރުން ޗެއާމަން އެންޑްރޫ ތޫ އޮޑްވާރ ކްވަލްސެތް ވެސް ބައިވެރިވި އެވެ.

ނަޖީބު ހާން ވިދާޅުވީ ކޮވިޑް-19 ވެގެން ގޮސްފައިވަނީ ދުނިޔެއެކޭ އެއްގޮތަށް ރާއްޖެއަށްވެސް އިގްތިސޯދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކަމަކަށް ކަމަށެވެ. ނަމަވެސް މިހާލަތުގައި ވެސް އެ ކުންފުނީގެ ކަސްޓަމަރުން ކުރި މަސައްކަތް ކޮށް އޭނާ ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ތެރޭގައި ވެސް އެ ކުންފުނީގެ ހިއްސާ މަތިވެގެންގޮސް ކަސްޓަމަރުންގެ އަދަދު އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ގިނަ ހިދުމަތްތައް ބޭނުން ކުރާ މިންވަރުވެސް މަތި ވެގެން ގޮސްފައިވާ ކަމަށެވެ.

އުރީދޫ އިން ރާއްޖޭގައި ޓެލެކޮމްގެ ހިދުމަތްދޭތާ 15 އަހަރު ފުރުނީ މިދިޔަ އަހަރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.