އުރީދޫ ސުޕަނެޓް ހިދުމަތް މާއުނގޫދޫއަށް

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ކަމަށްވާ، އުރީދޫ ސުޕަނެޓް ށ. މާއުނގޫދޫ އަށް ތައާރަފުކޮށްފި އެވެ.

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު ކަމަށްވާ 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ގުޅުމެކެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނަ ގޮތަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަނެޓްގެ ޚިދުމަތް ށ. މާއުނގޫދޫއިން ބައްލަވައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ސުޕަރނެޓްގެ ޚިދުމަތާއިއެކު ށ. މާއުނގޫދޫގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާއި ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.

“ޑިޖިޓަލް ޚިދުމަތްތަކާއިއެކު މުޖުތަމައުތައް ކުރިއެރުވުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން. އެހެންކަމުން ރާއްޖޭގެ އިތުރު ރަށަކަށް ފެންވަރު ރަނގަޅު އިންޓަނެޓް އަނެއްކާވެސް ފޯރުކޮށްދެވުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ވިޔަފާރިތައް އަދި އާންމު ދިރިއުޅުމަށް މުހިންމު އެތައް ޚިދުމަތްތަކެއްވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލު ކުރަމުންދާއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ މުހިންމުކަންވެސް ދަނީ އިތުރުވަމުން. ސުޕަރނެޓްގެ ޚިދުމަތާއިއެކު ށ. މާއުނގޫދޫގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާއި ލުއި ފަސޭހަކަން ލިބިގެންދާނެ. މި ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން.” ހުސައިން ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލާ އެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑު ވެސް ލިބެ އެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.