ވިމެންސް ފުޓްސަލް ކަޕް: ބޮޑު މޮޅަކާއެކު ގަލްފް ގާލްސް ފައިނަލަށް

ވިމެންސް ފުޓްސަލް ކަޕްގެ ސެމީ ފައިނަލް މެޗުގައި ލިލީ ސްޓާރ އާއި ގަލްފް ގާލްސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)

ވިމެންސް ފުޓްސަލް ކަޕްގެ ސެމީ ފައިނަލް މެޗުގައި 8-2 އިން ލިލީ ސްޓާރ ބަލިކޮށް ގަލްފް ގާލްސް ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ.

މި މުބާރާތުގައި ހަތަރު ޓީމަކުން ގްރޫޕް ސްޓޭޖުގައި ވާދަކުރި އެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ދަ ޝޫޓާސް އެވެ.

ވިމެންސް ފުޓްސަލްގައި ރޭ ލިލީ ސްޓާގެ ސަހާ ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ– ފޮޓޯ: ރަޔާން ފޮޓޯ (އިބްރާހިމް ނަޒީހް)

ރޭގެ މެޗުގައި ގަލްފް ގާލްސް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އާއިޝަތު ދިފްލާ އާއި އާއިޝަތު ރަޝީދާ އެވެ. މޮޅު ކުޅުމެއް ދައްކައި މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. ލިލީ ސްޓާރގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އާއިޝަތު ޝަހާ އާއި ޝައްމާ އަހުމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދިފްލާ އެވެ.

ދަ ޝޫޓާސް އާއި ގަލްފް ގާލްސް ވާދަކުރާ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.

މޮޅު ކުޅުންތރިޔާގެ މަގާމު ހޯދި ދިފްލާއަށް ޓްރޮފީ ހަވާލުކުރަނީ — ފޮޓޯ/އިބްރާހިމް ނަޒީހް (ރަޔާން ފޮޓޯސް)

އޭދަފުށީ ކައުންސިލުން އުފައްދާފައިވާ ކްލަބް އޭދަފުށިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެސްޓީއޯ އޭދަފުށި ކަޕްގެ ފައިނަލުގައި ވާދަކުރާނީ ވެލާ ސްޕޯޓްސް ކްލަބާއި އެމްވީ ޔުނައިޓެޑެވެ. މި މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ.

މި މުބާރާތްތަކުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ. މީގެ އިތުރުން ލޮޓަސް ފިހާރަ އާއި ޖާޒިއާ އަދި އޭދަފުށީ ޖީ9 ޓްރޭޑާސް އަކީ ވެސް ސްޕޮންސަރުންނެވެ. މުބާރާތުގެ ފޮޓޯ ޕާޓްނަރަކީ އޭދަފުށީ ރަޔާން ފޮޓޯސް އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.