އުރީދޫ ސުޕަނެޓުގެ ޚިދުމަތް މާމެންދު އަށް

އުރީދޫގެ ފިކްސްޑް ބްރޯދް ބޭންޑުގެ ހިދުމަތް، “ސުޕަނެޓް” ގއ. މާމެންދު އަށް މިއަދު ތައާރަފު ކޮށްފި އެވެ.

މިއީ، އިންޓަނެޓު 100 އެމްޕީޕީއެސްއާ ހަމައަށް ހަލުވި ވެފައި ބޮޑެތި އެލަވެންސްތަކެއް ލިބޭ ހިދުމަތެކެވެ.

މާމެންދު އަށް މި ހިދުމަތް ތައާރަފު ކުރުމާއެކު އެންމެ ފުރަތަމަ ސަބްސްކްރައިބް ކުރާ 20 ކަސްޓަމަރުންނަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު މިއަދު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން ކުރިމަގުގައި ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް މި ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫން ވަނީ ދާދި ފަހުން އެ ކުންފުނީގެ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާ ހަމައަށް ޑޭޓާ ލިބޭނެ އެވެ.

މި ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އުރީދޫގެ ވެބްސައިޓު http://ore.do/getsupernet މެދުވެރިކޮށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.