އުރީދޫ ސުޕަނެޓްގެ ހިދުމަތް ހިތާދުއަށް

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް، އުރީދޫ ސުޕަނެޓް ބ. ހތާދޫ އަށް ތައާރަފުކޮށްފި އެވެ.

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ހިތާދު އަށް މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން އުރީދޫން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން ބޮޑެތި އެލަވަންސް ލިބޭ ޕެކޭޖްތަކުގެ އިތުރުން އެ ރަށުން އެންމެ ފުރަތަމަ މި ހިދުމަތް ހޯދާ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ލިބޭނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ހެޔޮއަގުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަހަރު ތެރޭގައި 5 ރަށަކަށް އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

“ހަމަ އެއާއެކު، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއi ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖްތަކާއެކު މި މިހިދުމަތް މިއަދު ބ. ހިތާދޫގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ޚިދުމަތްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ދަރިވަރުންނަށާއި ކުންފުނިތަކަށް އަދި  އާންމު ދިރިއުޅުމަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތުގެ މުހިންމުކަންވަނީ އިތުރުވެފައި. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އިތުރު ފުރުސަތުތައް ހުޅުވާލަދިނުމަށްޓަކައި މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރިއަށްގެންދާނެކަމުގެ ޔަގީންކަންއަރުވަން،” ހުސައިން ނިޔާޒު ވިދާޅުވިއެވެ.

އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލާ އެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑު ވެސް ލިބެ އެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.