ބީއެމްއެލްގެ އެހީގައި ގޮއިދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ށ. ގޮއިިދޫގައި ސޯލާ މަގު ބައްތި ހަރުކޮށްފައިވާ ސަރަހައްދު.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ށ. ދޮއިދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފި އެެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ ދެ ކިލޯ މީޓަރުގެ ސަރަހައްދެއްގައި 50 އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފައި ވެއެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބުކުރި އިބްރާހިމް ނިޝާމް އަހްމަދު ވިދާޅުވީ މީގެ ކުރިން އެ ސަރަހައްދުގައި އެއްވެސް ލައިޓެއް ނުހުންނަ ކަމަށެވެ. ލައިޓު ޖެހުމުގެ އަމަލީ މަސައްކަތުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ އެރަށުގެ ޒުވާނުންނެވެ.

“މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާކުރާނެ. މީގެ ތެރޭގައި ދަނޑުވެރިންނާއި ފަންވިޔާ ފަރާތްތަކާއި، ކަނަމަދު އެއްކޮށް އެކަމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ޕާކުތަކާއި ޕިކްނިކުދާ މީހުންވެސް ހިމެނޭ.” ނިޝާމް ވިދާޅުވި އެވެ.

“އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު” ގެ ދަށުން ބީއެމްއެލް އިން މީގެ ކުރިން ވަނީ ހދ. ކުމުންދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށް، އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.