އުރީދޫ ރޯދަ ހަދިޔާ: އާޗާ ޕޯސްޓް ޕެއިޑާއެކު ހާއްސަ އޮފާތަކެއް

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ނިޔާޒު (ވ) އާއި އެ ކުންފުނީގެ ބްރޭންޑް އެންޑް މާކޮމްސް މެނޭޖަރު ނޫރާ (ކ) މީޑިއާތަކަށް މައުލޫމާތު ދެއްވަނީ– ފޮޓޯ: އުރީދޫ

ބަރަކާތްތެރި ރޯދަ މަހާ ދިމާކޮށް، އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން “އާޗާ ޕޮސްޓްޕެއިޑް” ޕެކޭޖުތަކެއް ތައާރަފު ކޮށްފި އެވެ.

އުރީދޫއިން ބުނީ، އާ ޕޯސްޓްޕެއިޑް ޕްލޭންތަކާއި އެކު، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހަ ގުނަ އިތުރު ޑޭޓާއާއެކު މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާނެ ކަމަށެވެ.

އުރީދޫ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ޑޭޓާ އާވެގެންދާ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ދެ ޖީބީ އިން ފެށިގެން ހަ ޖީބީ އާއި ހަމައަށް ޑޭޓާ އާ ވެގެންދިއުމުގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ ކަމަށް އުރިދޫއިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސާ ހުސައިން ނިޔާޒް ވިދާޅުވީ، ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯއަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަކީ އެ ކުންފުނިން ދެކޭގޮތުގައި ވަރަށް މުހިންމުކަމެއް ކަމަށެވެ. އަދި އުރޫދޫއިން އަބަދުވެސް މަސައްކަތްކުރަނީ ބޮޑެތި ފައިދާތަކެއް އެކުލަވައިލައިގެން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. .

އާޗާ ޕޯސްޓްޕެއިޑާއެކު މަހަކު 600 ރުފިޔާއަށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ދެ ޖީބީ ޑޭޓާ ލިބޭނެ އެވެ. އެއީ ސޯޝަލް މީޑިއާއަށް ހާއްސަ އެއް ޖީބީއާއި އެހެނިހެން ކަންކަމަށް ހާއްސަ އެއް ޖީބީ ޑޭޓާ އެވެ. އޭގެ އިތުރުން އެ ޕޭކޭޖުން އުރީދޫ ނަންމަބަރުތަކަށް ގުޅުން މުޅިން ހިލޭ އަދި އެހެން ނެޓްވޯކްތަކަށް 300 މިނިޓު ހިލޭ ގުޅޭނެ އެވެ.

ދެވަނަ ޕެކޭޖް 800 ރުފިޔާއަށް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަތަރު ޖީބީ ޑޭޓާ ލިބޭނެ އެވެ. އެއީ ސޯޝަލް މީޑިއާއަށް ދެ ޖީބީ އަދި އެހެނިހެން ކަންކަމަށް ދެ ޖީބީ އެވެ. އެ ޕެކޭޖްގައިވެސް އުރީދޫ ނަންމަބރުތަކަށް ގުޅުން މުޅިން ހިލޭ އަދި އެހެން ނެޓްވޯކްތަކަށް 600 މިނިޓު ހިލޭ ގުޅޭނެ

ތިން ވަނަ ޕެކޭޖް 1000 ރުފިޔާގެ ޕެކޭޖު ނަގާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ހަ ޖީބީ ޑޭޓާ ލިބޭނެ އެވެ. އެއީ ޝޯޝަލް މީޑިއާއަށް ތިން ޖީބީ އަދި އެހެނިހެން ކަންކަމަށް ތިން ޖީބީއެވެ. އުރީދޫ ނަންބަރުތަކަށް ހިލޭ ގޫޅޭއިރު، އެހެނިހެން ނެޓްވޯކްތަކަށް 1،000 މިނިޓު ހިލޭ ގުޅޭނެ އެވެ.

މީގެ ކުރިން އާޗާ ޕްރިޕެއިޑް ދެމުން އައީ ހަމައެކަނި ޕްރިޕެއިޑް ކަސްޓަމަރުންނަށެވެ. ހުސައިން ނިޔާޒު ވިދާޅުވީ، އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯއަށް ކަސްޓަމަރުންގެ ވަރަށް ބޮޑު މަގްބޫލުކަމެއްލިބިފައިފައިވާ ކަމަށެވެ.

“ހަމަ އެފަދައިން މިއަދު މި ލޯންޗްކުރެވުނު އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ. އަންލިމިޓަޑް އުރީދޫ ކޯލްސްގެ އިތުރުން ކޮންމެ ދުވަހަކު ޑޭޓާ އައުވެގެން ދާދިއުމުން ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރެވޭވަރު ފަސޭހައިން މެނޭޖްކުރެވި ހެޔޮ އަގެއްގައި ކޮންމެ ދުވަހަކުވެސް އިންޓަނެޓް ބޭނުންކުރުން ފަހިވެގެންދާނެ.” ހުސައިން ނިޔާޒު ވިދާޅުވި އެވެ.

އުރީދޫއިން ވަނީ ރޯދައަށް ހާއްސަ އޮފާތަކެއް ވެސް މިއަދު ތައާރަފު ކޮށްފަ އެވެ. މީގެ ތެރޭގައި ސުޕަނެޓް ރައުޓާ ގަންނަ ކަސްޓަމަރުންނަށް މިހާރު 40 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން ރޯދަ މަސް ނިމެންދެން ކުރިއަށްދާނެ އެވެ.

މީގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް އެމްފައިސާ މެދުވެރިކޮށް އަދި ޕްރިޕެއިޑް ނަންބަރު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމާއި ނަމާދު ވަގުތު ބެލުމާއި ރީތި ޓިއުންސް މެދުވެރިކޮށް ގުރުއާނާއި މަދަހަ ހިލޭ އަޑު އެހުމުގެ ހިދުމަތް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.