ރަށްރަށުގެ ކޮވިޑް ސާމްޕަލްތައް މެޑިފްލެކްސް އިން ހިލޭ ޓެސްޓުކޮށްދެނީ

ހަލުވިކަމާ އެކު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދާއިރު، އަތޮޅު ތެރޭގައި ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން ރަށް ރަށުން ނަގާ ސާމްޕަލްތަކުގެ ޕީސީއާރު ޓެސްޓް މެޑިފްލެކްސް އިން ހިލޭ ހަދައިދޭން ފަށައިފި އެވެ.

ފުޅާ ދާއިރާއެއްގައި މެޑިކަލް އިކުއިޕްމަންޓް ސަޕްލައި ކުރާ މެޑްޓެކް މޯލްޑިވްސްގެ ދަށުން ހިންގާ މެޑިފްލެކްސް އިން ބުނީ، އަތޮޅު ތެރޭން ޓެސްޓް ކުރަން މާލެ އަށް ފޮނުވާ ސާމްޕަލްތައް ހިލޭ ޓެސްޓް ކޮށްދޭން ފެށީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.

އެގޮތުން ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލުގައި ޑަބްލިއުއެޗްއޯގެ އެހީގައި ކޮވިޑް ޓެސްޓް ކުރުމަށް ބަހައްޓާފައި ހުރި ޖީން އެކްސްޕާޓް މެޝިން ހަލާކުވެފައި ހުރުމުން، އެ ހޮސްޕިޓަލުން އެދުމުން މި ރަށުގެ ބައެއް ސާމްޕަލްތައް މެޑިފްލެކްސް ލެބުގައި ހުރި ޖީން އެކްސްޕާޓް މެޝިނުން ހިލޭ ޓެސްޓް ކޮށްދީފައިވާ ކަމަށެވެ.

ޖީން އެކްސްޕާޓް މެޝިނަކީ ގޯލްޑް ސްޓޭންޑާޑް އާރުޓީ ޕީސީއާރު ޓެސްޓާއި އެއް ހަމައެއްގައި، ޑަބްލިއުއެޗްއޯ އާއި އެމެރިކާގެ އެފްޑީއޭ އަދި ޔޫރަޕްގެ މެޑިކަލް އިވެލުއޭޝަން އެޖެންސީން އެޕްރޫވަލް ދީފައިވާ ޕީސީއާރު މެޝިނެކެވެ. އާންމުކޮށް ޕީސީއާރު ޓެސްޓް ހަދާ މެޝިނުތަކާއި ހިލާފަށް، ޖީން އެކްސްޕާޓް މެޝިނުން ގިނަވެގެން 30 މިނިޓްގެ ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ އެވެ.

އެހެންކަމުން ރަށް ރަށުން ނަގާ ސާމްޕަލްތައް މާލެ އަށް ފޮނުވައިގެން ޓެސްޓް ހަދާއިރު، ނަތީޖާ ލިބުން ދިގުލައިގެން ދާ މައްސަލަ އަށް މެޑިފްލެކްސް ގެ އެހީއާ އެކު ބޮޑުތަނުން ހައްލު ލިބޭނެ ކަމަށް ބެލެވެ އެވެ.

މެޑްފްލެކްސް އިން ބުނީ އަތޮޅުތެރޭގެ ސާމްޕަލްތަކުގެ އިތުރުން ހޮސްޕިޓަލުތަކުން އެދިއްޖެ ހާލަތެއްގައި، އެ ކުންފުނީގެ ސީއެސްއާރު ޕޮލިސީގައިވާ އުސޫލުތަކުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ހުއްދައާ އެކު ހިންގަމުން އަންނަ މެޑިފްލެކްސް ލެބޯޓަރީ ހުންނާނީ ކަނބާ އައިސާ ރަނި ހިނގުމުން އައިޖީއެމްއެޗް ކުރިމައްޗަށްވާ ގޮތަށް، މ. ކޮޓޭޖްގެ ގްރައުންޑް ފްލޯގަ އެވެ. ލެބޯޓަރީން 24 ގަޑިއިރު ހިދުމަތްދެ އެވެ.

އިތުރު މައުލޫމާތު ބޭނުންވާނަމަ، 3308020 އަށް ގުޅުމުން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އަދި މެޑިފްލެކްސްގެ ވެބްސައިޓް، www.mediflex.mv އިން އިތުރު މައުލޫމާތު ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.