އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިދުމަތްތައް ހޯދަން އެދެފި

ކޯވިޑް 19 ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމުތައް މެދުވެރިކޮށް ހިދުމަތް ހޯދަން އެ ކުންފުނިން އެދެފި އެވެ.

އުރީދޫން ބުނީ ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން މިވަގުތު ގާއިމުކުރުމަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމާ ކެއާ ޙިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ޙިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު އޮންލައިންކޮށް ކަސްޓަމަރުންނަށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

އުރީދޫ އެޕް މެދުވެރިކޮށް ފޯރުކޮށްދެވޭ ޙިދުމަތްތައް:

  • ޕްރިޕެއިޑް ރިޗާޖްކުރުން
  • އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން
  • އޮންލައިންކޮށް ޝޮޕްކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ހިދުމަތް މުޅިން ހިލޭ
  • އެމް-ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުން
  • 24 ކަސްޓަމަރ ސަރވިސްގެ ޙިދުމަތް ލިބުން
  • ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރުން

އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށްވެސް ޙިދުމަތްތައް ލިބޭނެކަމަށް އުރީދޫން ބުންޏެެ. އެގޮތުން ބިލްތައް ދެއްކުމާއި ރީޗާޖް ކުރުމުގެ އިތުރުން އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން ހިމެނެއެވެ.

މިހާތަނަށް މި ސެންޓަރުތައް ހުޅުވާފައިވަނީ މާލެ އާއި ހުޅުމާލެ އާއި ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދު އާއި ފުވައްމުލަކާއި ސ. ހިތަދޫގެ އިތުރުން ލ. ގަމުގަ އެވެ.

އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ލިބެންނެތް ޙިދުމަތަކަށް އެދިލެއްވުމަށް [email protected]  އަށް މެއިލްކުރުމަށް އެ ކުންފުނން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.