ބީއެމްއެލް ހުޅުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު

ބީއެމްއެލް އެކައުންޓް ހުޅުވުމަށް ހާއްސަކުރެވިފައިވާ ކައުންޓަރުތައް– ފޮޓޯ: މިހާރު

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ އުސޫލޫތަކާއި އެމް.އެމް.އޭ ގެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްދިނުމަށްޓަކައި މި ފެށޭ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.

އެ ބޭންކުން ނެރުނު އިއުލާނެއްގައި ބުނީ މިގޮތަށް ބޭންކުން ހިދުމަތް ދޭނީ މާދަމާ އިން ފެށިފެން މި މަހުގެ 20 އާ ހަމައަށް ކަމަށެވެ. މި މުއްދަތުގައި ބީއެމްއެލް ހުޅުވާނީ ހޯމަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.

ބޭންކު ހުޅުވާފައިވާ ގަޑިތަކުގައި، ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމުގެ ހިދުމަތް ދޭނެ އެވެ. ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް ހަފުތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލުން ބުނެ އެވެ.

ގޭގައި ބޭންކުން ހިދުމަތް ހޯދަން ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ އެވެ. ހިދުމަތް ހޯއްދަން ދިއުމުގެ ކުރިން ކިއުގައި މަޑުކޮށްގެން ތިބި މީހުންގެ އަދަދު ޗެކް ކުރުމަށް ވެސް ބޭންކުން އެދެ އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، އެކައުންޓް އޯޕެނިން ސެންޓަރާއި ލޯނު ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދޭނީ އެޕޮއިންޓްމަންޓަށެވެ. އެގޮތުން، މި ސެންޓަރުތަކުން ހިދުމަތް ހޯދަން ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/book-appointment މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މި ދުވަސްވަރު ގޭގައި ތިބެގެން ބޭންކިންގެ ހިދުމަތްތައް ހޯދުމަށާއި އޮންލައިންކޮށް ހިދުމަތް ހޯދަން ވަނީ އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.