ބ. އަތޮޅުގެ ދެ ރަށެއްގައި އައުޓްޑޯ ވޮލީކޯޓު އަޅަނީ

ރ. ކިނޮޅަހުގައި އަޅާފައިވާ އައުޓްޑޯ ވޮލީކޯޓް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހައިލައިގެން 25 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓް އަޅަން ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު މިއަދު އިއުލާން ކުރެއްވިއިރު އޭގެ ތެރޭގައި ބ. އަތޮޅުގެ ދެ ރަށް ހިމެނިއްޖެ އެވެ.

އެއީ މިއަތޮޅު ގޮއިދޫ އާއި ކެންދޫ އެވެ. އޭގެ އިތުރުން އެއީ ހދ. ފިނޭ، ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫ، ހދ. ނޭކުރެންދޫ، ށ. ފުނަދޫ، ށ. މިލަންދޫ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ވ. ކެޔޮދޫ، ވ. ފެލިދޫ، ވ. ފުލިދޫ، މ. ދިއްގަރު، ފ. މަގޫދޫ، ފ. ނިލަންދޫ، ތ. މަޑިފުށި، ތ. ހިރިލަންދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގއ. ނިލަންދޫ، ގއ. ކޮލަމާފުށި، ގއ. ދާންދޫ، ޏ. ފުވައްމުލައް އަދި ސ. ފޭދު ވެސް އައުޓްޑޯ ވޮލީ ކޯޓް އަޅާ ރަށްތަކުގެ ތެރޭގައި ހިމެނެ އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ މިއިން ކޮންމެ ކޯޓަކަށް މިލިއަނެއްހާ ރުފިޔާ ހޭދަ ވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރިން އަޅާފައިވާ އައުޓްޑޯ ކޯޓްތަކަށް ވުރެ، އަލަށް މިފަހަރު އިއުލާންކުރި 25 ރަށުގައި ގާއިމުކުރާ ވޮލީކޯޓުގެ ފެންވަރު ރަނގަޅުވާނެ އެވެ.

 ސަރުކާރުން އަލަށް ހަދާ ވޮލީ ކޯޓްތައް ގާއިމުކުރަނީ ފްލޯރިންގެ އިތުރުން ފެންސާއި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓިން ސިސްޓަމް ވެސް ބަހައްޓައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.