ކާޑުގެ މައުލޫމާތު ހޯދަން ފޮނުވާ ފޭކް ލިންކަށް ސަމާލުވާން ބީއެމްއެލް އިން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ކާޑުގެ މައުލޫމާތު ހޯދަން ބަޔަކު ފޭކް ލިންކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ބޭންކުން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ވައިބާ މެދުވެރިކޮށް ފޮނުވާ ލިންކްގެ މެސެޖްގައި އޮންނަނީ އެ ލިންކްތަކަށް ފިތައި، އެ ލިންކުގެ ސްޓެޕްތައް ފުރިހަމަކުރުމަށެވެ.

ނަމަވެސް ބީއެމްއެލުން ބުނީ ކަސްޓަމަރުންގެ ކާޑާ ބެހޭ މައުލޫމާތު ހޯދުމަށް ލިންކެއް މެދުވެރިކޮށް އެ ބޭންކުން ނޭދޭނެ ކަމަށެވެ. އެހެންވެ އެފަދަ ލިންކެއް ލިބިއްޖެ ނަމަ އެ ލިންކަކަށް ކްލިކް ނުކުރުމަށް ވެސް އެ ބޭންކުން ވަނީ އެދިފަ އެވެ.

ދި ކާޑުގެ އެއްވެސް މައުލޫމާތެއް (ކާޑު ނަންބަރު، މުއްދަތު ހަމަވަ ތާރީހު، ސީވީސީ/ސީވީސީ ކޯޑު) އަދި އިންޓަނެޓް ބޭންކިން މައުލޫމާތާއި އޯޓީޕީ ފޯނު، އީމެއިލް ނުވަތަ މެސެޖަކުންވެސް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެހެންވެ، މިފަދަ ލިންކްތަކަށް ސަމާލުވުމާ އެކު، އެ ލިންކުތަކުގައި ބުނާ ތަފްސީލްތައް ހިއްސާ ނުކުރުމަށް ބީއެމްއެލުން އެދެއެވެ.

މީގެ ކުރިން ވެސް ބޭންކުން ވަނީ މިފަދަ މައްސަލައެއްގައި ސަމާލުވުމަށް އެދިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.