އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ހުސައިން ނިޔާޒު

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ޙުސައިން ނިޔާޒު އައްޔަންކޮށްފި އެވެ.

އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން ދިވެހި މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަރޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުޞަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އަހަންމިއްޔަތުކަމެއް ދޭއިރު، ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ހުސައިން ނިޔާޒު އައްޔަންކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަނޑައްތުކޮށްފައިވާ ވަރަށް މުހިއްމު މޭލުގާތެކެވެ.

ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްއާ 2005 ވަނަ އަހަރު ގުޅި، ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިންވަނީ 16 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައެވެ.

އޭނާ އުރީދޫ މޯލްޑިވްސްއާ ގުޅިފައިވަނީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގެއެވެ. އޭގެ ފަހުން ވަޒީފާގެ  އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރ ނެޓްވަރކް ޕްލޭނިންގ އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވަރކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެއެވެ.  އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ.

ހުސައިން ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާރމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ. މީގެ އިތުރުން، އޭނާ ވަނީ  ސިންގަޕޫރުގެ ސެންޓަރ ފޮރ ކްރިއޭޓިވް ލީޑަރޝިޕް އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޮރ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ފުރިހަމަކޮށްފައެވެ.

އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، މިސްޓަރ ނަޖީބް ޚާން ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކުރުމާ ގުޅިގެން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

“މީގެ 16 އަހަރު ކުރިން، ހުސެން ނިޔާޒު ޓެކްނީޝަނެއްގެ ގޮތުގައި އަޅުގަނޑުމެންނާ ގުޅުމަށްފަހު ރާއްޖޭގައި އަޅުގަނޑުމެންގެ ނެޓްވަރކް އެޅުމުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައި ހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް އޭނާ ކޮށްދީފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން. ހުސައިން ނިޔާޒު އުރީދޫ މޯލްޑިވްސްގައި ކޮށްފައިވާ ދަތުރަކީ ވަރަށް އިންސްޕަޔަރިންގ ދަތުރެއްކަމުގައާއި، އަޅުގަނޑުމެން އެންމެން އޭނާ ހޯދާފައިވާ ކުރިއެރުމާމެދު ފަޚުރުވެރިވާކަން ފާހަގަކޮށްލަން. ޓެކްނިކަލް އަދި ކޮމާޝަލް ދާއިރާގައި ހުސައިން ނިޔާޒުއަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން.”

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކުރުމާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.