
މިފެށޭ ހަފްތާގައި ބީއެމްއެލް އިން ހިިދުމަތް ދޭނެ ގޮތުގެ ތަފްސީލު އާންމުކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް މި ހަފްތާގައި ވެސް ބަންދުވާނެ ކަމަށެވެ. ނަމަވެސް ކާޑު ދޫކުރުމަށް ކަަސްޓަމާ ސާވިސް ސެންޓަރު ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 2:00 އާ ހަމައަށްށް ކާޑު ދޫކުރަމުގެ ހިދުމަތް ދޭނެ އެވެ. ކާޑު ދޫކުރުމަށް ހުޅުމާލޭ ބްރާންޗް ވެސް އަންނަ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން 2:00 އަށް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ. މި ގޮތުން އާންމު ފަރުދުންގެ އެކައުންޓަކަށް 100،000ރ. އަދި ވިޔަފާރި އެކައުންޓަކަށް 500،000ރ. އާ ހަމައަށް ޖަމާކުރެވޭނެ އެވެ.
ކަސްޓަމަރުންނަށް ހިދުމަތް މެދު ނުކެނޑި ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި އަސާސީ ބޭންކިން ހިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާއި އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމް އަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ހިމެނެ އެވެ.
މީގެ އިތުރުން އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައް ކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
ބީއެމްއެލް އިން ބުނީ ރާއްޖެ އިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުމެއް ނަމަ އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށެވެ. ޕޭ ރޯލް ހިދުމަތް ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ. އެގޮތުން ބީއެމްއެލް އެކައުންޓަކަށް ޖަމާކުރާ ނަމަ އެ ދުވަހު ޕްރޮސެސް ކުރާނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ. އެހެން ބޭންކެއްގެ އެކައުންޓަަށް ޖަމާކުރާ ނަމަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސް ކުރާނެ އެވެ
މެންދުރު 12:00 ގެ ފަހުން ޖަމާކުރާ ބީއެމްއެލް ޗެކެއް ނަމަ އެދުވަހު ޕްރޮސެސް ވާނެ އެވެ.
ބީއެމްއެލް އިން މި ބަދަލުގެނައީ ކޮވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުަތަކާ ގުޅިގެންނެވެ. އެ ބޭންކުން ބުނީ މިވަގުތު ބޭންކަށް އެންމެ މުހިންމީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށެވެ.


