ތާރު އެޅުމުގެ މަޝްރޫއު މިއަދު ހަވީރު ފަށަނީ

އޭދަފުށީ މަގު ތަކުގަިއ ތާރުއެޅުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނީ-- އީޓީ ފޮޓޯ / ތޯރިގް
އޭދަފުށީ މަގު ތަކުގަިއ ތާރުއެޅުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ / ތޯރިގް

ބ. އޭދަފުށީގެ 15 މަގެއް ތާރުއަޅައިގެން ހެދުމަށް 33 މިލިއަންރުފިޔާގެ ބޮޑު މަޝްރޫއެއް މިއަދު ހަވީރު ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު މުހައްމަދު ރިޒާ ވިދާޅުވީ މިއަދު ހަވީރު 5:30 ގައި މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު މިފަށަނީ އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަދުވަސްވީ ފަހުންނެވެ.

ތާރުއަޅާ މަގުތައް ފާހަގަކޮށްފައިވާ ކުރެހުމެއް
ތާރުއަޅާ މަގުތައް ފާހަގަކޮށްފައިވާ ކުރެހުމެއް

މި މަޝްރޫއުގެ ދަށުން އޭދަފުށީގެ ބޮޑެތި މަގުތަކުގައި 3.36 ކިލޯމީޓަރުގެ ތާރު އަޅާނެ އެވެ. އެގޮތުން މެރިން ޑްރައިވް ހިމެނޭ ގޮތަށް ރަށުގެ ބޮޑުމަގާއި އެ މަގާ ގުޅޭގޮތަށް އޮންނަ ބައެއް ބޮޑެތި މަގުތަކާއި ސްކޫލް އަދި ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގެ މަގުތައް ހިމެނެ އެވެ. މި މަސައްކަތް ނިންމުމަށް ދިނީ އެއް އަހަރެވެ.

މި މަސައްކަތް އެއްކޮށް ނިމޭއިރު މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައްވެސް ހަރުކުރަން ޖެހެއެވެ.

އޭދަފުށީ މަގު ތަކުގަިއ ތާރުއެޅުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނީ-- އީޓީ ފޮޓޯ / ތޯރިގް
އޭދަފުށީ މަގު ތަކުގަިއ ތާރުއެޅުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވުމުގެ މަސައްކަތް ކުރަނީ– އީޓީ ފޮޓޯ / ތޯރިގް

އަތޮޅުގެ ގިނަ ބަޔަކު ތަފާތު އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒިޔާރަތްކުރާ އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ، އިޖުތިމާއީ ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ. އަދި މި ރަށަކީ ވަރަށް ގިނަ ވެހިކަލްތައް ދުއްވާ ރަށެއްކަމުން މަގުތައް ހެދުމާ އެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

“އީޓީ” އަށް އެނގިފައިވާ ގޮތުގައި މި މަޝްރޫއު ފައްޓަވައި ދެއްވުމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު މިއަދު އޭދަފުއްޓަށް ވަޑައިގަންނަވާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.