އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ވިއްކަން އަތޮޅުތަކުން އެޖެންޓުން ހަމަޖައްސައިފި

އެސްޓީއޯ ކޮންސްޓްރަކްޝަން އެޖެންޓަކާ މަގާމު ހަވާލު ކުރައްވަނީ– ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ކޮންސްޓްރަކްޝަން ސާމާނު ވިއްކަން އެކި އަތޮޅުތަކުން 22 އެޖެންޓަކު މިއަދު ހަމަޖައްސައިފި އެވެ.

އެސްޓީއޯ އިން ބުނީ އެޖެންޓުން ހޯދަން މިދިޔަ މާޗު މަހު ކުރި އިއުލާނާ ގުޅިގެން ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި ހުރިހާ ފަރާތްތައް އެޖެންޓުންގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އެ ކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން ވިދާޅުވީ މި ފުރުސަތުގެ ސަބަބުން އެކި ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާވާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތް ކުރުމުގެ ސާމާނު އަތް ފޯރާ އަގެއްގައި ހުސްނުވެ ލިބެން ހުންނާނެ ކަން ޔަގީން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އެޖެންޓުން އައްޔަނުކުރާ މިމޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ”، އީމާން ވިދާޅުވިއެވެ.

މީގެ އިތުރުން މާޗު މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައިވީނަމަވެސް، އެ ކުންފުނިންވަނީ އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކަށް ބަދަލުގެނަސް، ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރަށްރަށުގެ އެޖެންޓުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުން ފެށިގެން ފޯމު ހުށަހެޅޭނެ އެވެ. މިކަމަށް އެދޭ ފޯމް އެސްޓީއޯ ވެބްސައިޓުން ލިބޭނެ އެވެ.

އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.