
މިފެށޭ ހަފްތާގައި ބީއެމްއެލް އިން ހިިދުމަތް ދޭނެ ގޮތުގެ ތަފްސީލު އާންމުކޮށްފި އެވެ.
މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބީއެމްއެލް އިން ދޭނެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ކޭޝް ކާޑު ދޫކުރުމާއި އޭޓީއެމްތަކުން ފައިސާ ނެގުމާއި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތް ދިނުމުގެ އިތުރުން އޭޓީއެމަށް ޖަމާކުރާ ބީއެމްއެލްގެ ޗެކްތައް ޕްރޮސެސް ކުރުމެވެ.
ކޭޝް ކާޑު ދޫކުރުމަށްޓަކައި ކަަސްޓަމާ ސާވިސް ސެންޓަރު ހުޅުވާފައި ހުންނާނީ ބީއެމްއެލް އިން ބުނިގޮތުގައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށެވެ. ކާޑު ދޫކުރުމަށް ހުޅުމާލޭ ބްރާންޗް ވެސް އަންނަ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެ ގަޑިތަކުގައި ހުޅުވާނެ އެވެ.
ކަސްޓަމަރުންނަށް އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ދޭއިރު، އާންމު ފަރުދުންގެ އެކައުންޓަކަށް 100،000ރ. އަދި ވިޔަފާރި އެކައުންޓަކަށް 500،000ރ. އާ ހަމައަށް ޖަމާކުރެވޭނެ އެވެ.
ބީއެމްއެލް އިން ބުނީ ރާއްޖެ އިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުން ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުމެއް ނަމަ އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށެވެ. ޕޭ ރޯލް ހިދުމަތް ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ. އެގޮތުން ބީއެމްއެލް އެކައުންޓަކަށް ޖަމާކުރާ ނަމަ އެ ދުވަހު ޕްރޮސެސް ކުރާނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ. އެހެން ބޭންކެއްގެ އެކައުންޓަަކަށް ޖަމާކުރާ ނަމަ، ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސް ކުރާނެ އެވެ.
ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭންކުން ދޭ ގިނަ ހިދުމަތްތައް އޮންލައިންކޮށް ދޭން ވަނީ ފަށައިފަ އެވެ.


