އޭދަފުށީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކުރަނީ،-- އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކުރަނީ،– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

ބ. އޭދަފުށީގެ ބޮޑެތި މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ވަރަށް އާދައިގެ ގޮތަކަށް އޭދަފުށީ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ.

އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކުރަނީ،-- އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން
އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކުރަނީ،– އީޓީ ފޮޓޯ / ތޯރިގް އަބްދުއްރަހްމާން

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ބުނި ގޮތުގައި 33 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އޭދަފުށީގެ 15 މަގެއްގައި 3.36 ކިލޯމީޓަރުގެ ތާރު އަޅާނެ އެވެ. މިއަދު މަސައްކަތް ފެށީ ރަށުގެ ބަނދަރުމަތީ މަގުންނެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގައި ފުރަތަމަ އޮންނާނީ ކާނުތައް ހެދުމާއި ކޭބަލްތައް ވަޅުލުން ފަދަ އެންމެ ބުރަ މަސައްކަތްތަކެވެ.

އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ތެރެއިން ،-- އީޓީ ފޮޓޯ / ރާއިފް ޔޫސުފް
އޭދަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއުގެ ތެރެއިން ،– އީޓީ ފޮޓޯ / ރާއިފް ޔޫސުފް

މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދިނީ އެއް އަހަރެވެ. މި މަސައްކަތް އެއްކޮށް ނިމޭއިރު މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައްވެސް ހަރުކުރާނެ އެވެ.

އެމްއާރުޑީސީން ބުނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ކުރިން މި މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.