މޯލްޑިވިއަން އައިޑޮލް 2 ގެ އޮޑިޝަން އޭދަފުށީގައި ބާއްވަނީ

މޯލްޑިވިއަން އައިޑޯލް ފުަރަތަމަ ސީޒަންގެ ޓޮޕް 12 ލަވަކިޔުންތެރިން | ފޮޓޯ:ގޫގަލް
މޯލްޑިވިއަން އައިޑޯލް ފުަރަތަމަ ސީޒަންގެ ޓޮޕް 12 ލަވަކިޔުންތެރިން

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ “މޯލްޑިވިއަން އައިޑޮލް 2” ގެ އޮޑިޝަން ބ. އޭދަފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

އޭދަފުށީގެ އިތުރުން ދެން އޮޑިޝަންތައް ކުރިއަށް ދާނީ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ލ. ގަމާއި ހދ. ކުޅުދުއްފުށީގަ އެވެ.

މި ފަހަރު ވެސް އޮޑިޝަން ފަށާނީ އައްޑޫގަ އެވެ. އައްޑޫގައި މި މަހުގެ 8 ގައި އޮޑިޝަން ފަށާނެ އެވެ.

ދަރުބާރު ގޭގައި ރޭ ބޭއްވި ކުލަ ގަދަ ރަސްމިއްޔާތުގައި “މޯލްޑިވިއަން އައިޑޮލް” ސީޒަން ދޭއް ވަނީ ލޯންޗް ކޮށްފަ އެވެ.  

ރޭގެ ހަފުލާގައި އޮޑިޝަން ބާއްވާނެ ސަރަހައްދުތަކުގެ އިތުރުން ޖަޖުންނާއި މުބާރާތުގެ ޕްރެޒެންޓަރުން ވެސް ދައްކާލައި، އެ މީހުންނާ ވަނީ އެގްރިމަންޓް ހަވާލުކޮށްފަ އެވެ.

މޯލްޑިވިއަން އައިޑޮލް 2″ ގެ ޖަޖުންގެ ތެރޭގައި މި ފަހަރު ވެސް ކުރީ ސީޒަންގެ ދެ ޖަޖުން ހިމެނެ އެވެ. އެއީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) އެވެ. ތިން ޖަޖުން ހިމެނޭ ޕެނަލުން އަހުމަދު އިބްރާހީމް (އައްމަޑޭ) ބާކީކޮށް، ޕެނަލާ މި ފަހަރު ގުޅުނީ އަރައަމުން ޒުވާން ލަވަ ކިޔުންތެރިޔާ އިސްމާއީލް އައްފާނެވެ.

ދިރާގުން މި ފަހަރު ވެސް ޓައިޓްލް ސްޕޮންސަރުކަން ނަގާފައިވާ “މޯލްޑިވިއަން އައިޑޮލް 2” ގެ ޕްރެޒެންޓަރުންނަކީ ކުރީ ސީޒަންގެ ވެސް ޕްރެޒެންޓަރު މޫސާ ވަސީމާއި މި ފަހަރު އަލަށް ގުޅުނު މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އެވެ.

ޕީއެސްއެމުން ބުމި ގޮތުގައި “މޯލްޑިވިއަން އައިޑޮލް 2” ގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވެސް ވަނީ އެސްއެމްއެސް ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.