ސަލީމު އަނެއްކާވެސް ކުރިމަތިލާން ނިންމަވައިފި

މަޖިލީހުގެ ޖަލްސާއެއްގައި ސަލީމު ވާހަކަ ދައްކަވަނީ. އަންނަ ދައުރުވެސް ކުރިމަތިލައްވަން އޭނާ ވަނީ ނިންމަފާއި—ފައިލް ފޮޓޯ
މަޖިލީހުގެ ޖަލްސާއެއްގައި ސަލީމު ވާހަކަ ދައްކަވަނީ. އަންނަ ދައުރުވެސް ކުރިމަތިލައްވަން އޭނާ ވަނީ ނިންމަފާއި—ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަންނަ ދައުރުވެސް އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާނެކަން ހާމަކޮށްފި އެވެ.

މިއީ 2019 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ކުރިމަތި ލައްވާނެކަން މިހާތަނަށް ހާމަކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

މި ހަފްތާ ބަންދުގައި އޭދަފުއްޓަށް ވަޑައިގެން ރަށުގެ ބައެއް އިސް ބޭފުޅުންނާއެކު ޕީޕީއެމް އޭދަފުށީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސަލީމު ވިދާޅުވީ އޭނާ އިތުރު ދައުރަކަށް މަޖިލީހަށް ކުރިމަތިލާން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

 ސަލީމު އޭދަފުށީގެ ބައެއް އިސް ރަށްވެހިންނާ ބައްދަލުކުރެއްވުން-- ފޮޓޯ / އީވީ
ސަލީމު އޭދަފުށީގެ ބައެއް އިސް ރަށްވެހިންނާ ބައްދަލުކުރެއްވުން– ފޮޓޯ / އީވީ

“އަޅުގަނޑު ހުރީ ދެ ދައުރު ހަމަ ކޮށްފައި ދެން އިތުރު ދައުރަކަށް ކުރިމަތިނުލާން ގަސްތު ކޮށްގެން. އެހެންނަމަވެސް މި ގޮޑިއަށް ކުރިމަތިލުމަށް ރައްޔިތުން ގަބޫލުކުރާ ސިފަތައްހުރި މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިނުވުމާ އަޅުގަނޑަށް ތާއީދުކުރާ ގިނަ ބައެއްގެ އެދުމުގެ މަތީން އިތުރު ދައުރަކަށް ކުރިމަތިލާން މި ނިންމީ.” ސަލީމު ވިދާޅުވި އެވެ.

2009 ވަނަ އަހަރުން ފެށިގެން ސަލީމު އަންނަނީ އޭދަފުށީ ދާއިރާގެ ގޮނޑި ފުރުއްވަމުންނެވެ. ފުރަތަމަ ދައުރުގައި އަމިއްލަ ގޮތުން ވާދަކުރައްވައިގެން ގޮނޑި ކާމިޔާބުކުރެއްވި އިރު މިދިޔަ ދައުރުގައި އޭނާ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ ޓިކެޓްގަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.