އުމުރުން ދުވަސްވީ މީހުންގެ ދުވަސް ތުޅާދޫގައި ފާހަގަކޮށްފި

ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ތުޅާދޫގެ އިސް ރަށްވެހިންނާއި ބައްދަލުކުރައްވަނި- ފޮޓޯ: ޖެންޑަރ މިނިސްޓްރީ
ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ތުޅާދޫގެ އިސް ރަށްވެހިންނާއި ބައްދަލުކުރައްވަނި- ފޮޓޯ: ޖެންޑަރ މިނިސްޓްރީ

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް، ސަރުކާރުން ބ. ތުޅާދޫގައި ފާހަގަކޮށްފި އެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއާއި ބ.ތުޅާދޫ ކައުންސިލާއި އެރަށުގެ ޖަމްޢިއްޔާތައް ގުޅިގެން ވަނީ ޚާއްޞަ ޙަރަކާތްތަކެއް ހިންގާފަ އެވެ.

މި ހަރަކާތްތަކުގައި އެރަށުގެ ކަމާބެހޭ އިދާރާތަކުގެ މުވައްޒަފުންނާއި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ސީއީއޯ މުޙައްމަދު މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ޒެނީޝާ ވަނީ ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލައި، އޯގާތެރި އަދި ރައްކާތެރި ވެއްޓެއް ބިނާކުރުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އަދި މުޖުތަމަޢުގައި ދޮށީ ޢުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެމީހުންނަށް އުފާވެރިކަމާއި މިނިވަންކަމާއެކު އުޅެވޭނެ މަގުތަނަވަސްކޮށްދިނުމަށްވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ބާރުއެޅުއްވި އެވެ.

“އަގުވަޒަންކުރުން” މި ނަމުގައި ޢުމުރުން ދުވަސްވީ މީހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި މުޖުތަމަޢުގައި އެމީހުން އަދާކުރަމުން އަންނަ ދައުރު ފާހަގަކުރެއްވުމުގެ ގޮތުން ހިންގެވުމަށް ރޭއްވެވި ސޯޝަލް މީޑިއާގެ ޚާއްޞަ ކެމްޕެއިނެއް ވެސް މިއަދު ތުޅާދޫގައި މިނިސްޓަރު ވަނީ ތުޅާދޫގައި ފަށައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.