އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓާފް އަޅައިދޭނަން: ސަލީމް

މަޖިލީހުގެ ޖަލްސާއެއްގައި ސަލީމު ވާހަކަ ދައްކަވަނީ. އަންނަ ދައުރުވެސް ކުރިމަތިލައްވަން އޭނާ ވަނީ ނިންމަފާއި—ފައިލް ފޮޓޯ
މަޖިލީހުގެ ޖަލްސާއެއްގައި ސަލީމު ވާހަކަ ދައްކަވަނީ. —ފައިލް ފޮޓޯ

އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅުއްވައިދެއްވާނެ ކަމަށް ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާ ބަންދު އޭދަފުށީ ޒުވާނުންނާ ބައްދަލުކުރައްވައި ސަލީމު ވިދާޅުވީ ޒުވާނުންގެ އެދުމުގެ މަތިން އޭނާގެ އަމިއްލަ ޚަރަދުގައި އޭދަފުށީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅުއްވައިދެއްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އެކަށީގެންވާ ރަނގަޅު ދަނޑެއް ނެތުމުގެ މައްސަލަ އެވެ.

ސަލީމު ވިދާޅުވީ މިދިޔަ މަޖްލިސް އިންތިހާބުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން މިރަށަށް އުފަން މަހުޖަނު، ޗާންދަނީ އަހްމަދު ނަޒީރު ފަންޑު ކޮށްގެންއަޅުއްވަން ނިންމަވާފައިވާ ޓާފް ދަނޑުގެ މަސައްކަތްވެސް އަންނަ އަހަރުގެ ޖެނުއަރީމަހު ފެށޭނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

 

dscn0611-800x600-800x600

“އަޅުގަނޑު ބޭނުންވަނީ މި ދަނޑު (މިހާރުގެ ރަސްމީ ދަނޑު) ގައިވެސް ޓާފް އަޅަން . ކައުންސެލަރުންނާ ތިޔަ ޒުވާނުންގެ ހާޒިރުގައި މި ދަންނަވަނީ އަޅުގަނޑުގެ އަމިއްލަ ޚަރަދުގައި މި ދަނޑަށް ބޭނުންވާ ޓާފް ރާއްޖެއިން ބޭރުން ގެނެސްދޭނަން. މީގެ އިތުރުން ޓާފް އެޅުމުގެ މަސައްކަތުގައިވެސް އަޅުގަނޑު އެހީވާނަން.“ 2019 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިހާބުގަވެސް ވާދަ ކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އޭދަފުށީގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީވުމަކީ މިއަދު ފެށިގެން އޭނާ ކުރައްވަމުން އަންނަ ކަމެއް ނޫންކަމަށާއި އޭނާގެ އެންމެ ޒުވާން އިރުން ފެށިގެން އޭދަފުށީގެ ފުޓްބޯޅައަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ޚާއްސަ އުފަލެކެވެ.

 

މިއަދު ހަވީރު އޭދަފުއްޓާއި އާއި ނައިފަރު ބައްދަލުކުރި މެޗްގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފުޓްބޯޅައަށް މަރުދޭ ޒުވާނުންތަކެއް ދިރިއުޅޭ އޭދަފުށިން ރާއްޖޭގެ ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފެދިފައިވާއިރު މިރަށުގައި އެކަށީގެންވާ ދަނޑެއް ނެތުމުގެ ޝަކުވާ މި ދާއިރާގެ ގިނަބަޔަކު އަބަދުވެސް ކުރެއެވެ. މި ޕްރޮޖެކްޓްތައް ކާމިޔާބުވެއްޖެނަމަ މިއީ އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ވާސިލްވުމަށް ހުޅުވޭނެ ވަރަށް މުހިއްމު ދޮރަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.