ހޮސްޕިޓަލު މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދި ނުލިބޭ

ބ. އަތޮޅު ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން. މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދި ނުލިބޭ
ބ. އަތޮޅު ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން. މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދި ނުލިބޭ

މިދިޔަ މަހުގެ މުސާރަ ނުލިބިގެން ބ. އަތޮޅު ހޮސްޕިޓަލުގެ ބައެއް މުވައްޒަފުން ޝަކުވާ ބޮޑުވެއްޖެ އެވެ.

މިކަމާ ގުޅިގެން އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރ އަހްމަދު ވަހީދު ދެންމެ “އީޓީ” އާ ވަހަކަ ދައްކަމުން ވިދާޅުވީ މިނިސްޓްރީން މިހާރު އެ ހޮސްޕީޓަލު މުވައްޒަފުންގެ މުސާރަ ޖަމާކޮށްފައިވާ ކަމަށެވެ.

ނަވަމެސް އީޓީ އަށް ކަށަވަރުވެފައިވާ ގޮތުގައި ބ. އަތޮޅުހޮސްޕިޓަލުގެ އެއްވެސް މުވައްޒަފަކަށް މިދިޔަ މަހުގެ މުސާރަ އާއި އިނާޔަތް އަދި ޖަމައެއް ނުވެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފަކު ވިދާޅުވީ އާންމުކޮށް އެ މަހެއްގެ މުސާރަ އެ މަހެއްގެ ނިމުމުގެ ކުރިން ޖަމާވަމުން ދިޔަ ނަމަވެސް އެ އޮފީހުގެ މިދިޔަ މަހުގެ މުސާރަ އިއްޔެގެ ނިޔަލަށް ވެސް ޖަމާވެފައި ނެތް ކަމަށެވެ.

“މިއަދު މިއީ އަނެއް މަހުން 4 ވަނަ ދުވަސް، އަދިވެސް އަހަރެމެން އެކައުންޓަށް މުސާރައެއް ޖަމައެއް ނުވޭ. އެހެން ހުރިހާ ހޮސްޕިޓަލުތަކުގައި މިހާރު މުސާރަ ދީފި، މުސާރަލިބުން ލަސްވަމުންދާނީ ދަތިތައް ކުރިމަތިވޭ،” އެ ހޮސްޕިޓަލުގެ މުވައްޒަފަކު ބުންޏެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި 90 އަށް މުވައްޒަފުންދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

4 ކޮމެންޓް

  1. ނަން

    އަލަކަށް ނޫން. ޖުލައި މަހުގެ މުސާރަވެސް ހަމަ މިހެން. ޤަވާޢިދުގައި އޮންނަ ދުވަހަށް މުސާރަ ވަރަށް ނުލިބޭނެ ބަންދެއް އަންނަންޏާ. އަދި ހެއްވާ ތަންކޮޅަކީ ސްޓާފުނަށް ނާންގާނެ މުސާރަ ނުދީ ލަސްވަނީ ކީއްވެ ކަމެއް. ބަޖެޓް މީހުނަށް އިނގޭނީ މީހުންގެ މުސާރައިގެ ވާހަކަ ނަގަ ނަގާފަ ދައްކަން. ހީވާ ކަހަލަ މިއީ މި މީހުން ޖީބުން ދޭ އެއްޗެކޭ.
    ކޮމެންޓް ޖަހާލަ ދެއްޗޭ! :ޕީ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.