މައިލޯ ކަލާސް އެވޯޑް ގޮއިދޫ ސްކޫލުގެ 7 ދަރިވަރަކަށް

ކަލާސް އެވޯޑް ލިބުނު ގޮއިދޫ ސްކޫލުގެ ބައެއް ދަރިވަރުން އެޑިޔުކޭޝަން މިނިސްޓަރާއެކު-- ފޮޓޯ / މުހައްމަދު ނިޒާމް
ކަލާސް އެވޯޑް ލިބުނު ގޮއިދޫ ސްކޫލުގެ ބައެއް ދަރިވަރުން އެޑިޔުކޭޝަން މިނިސްޓަރާއެކު– ފޮޓޯ / މުހައްމަދު ނިޒާމް

ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑްސް” ބ. ގޮއިދޫ ސްކޫލުގެ 7 ދަރިވަރަކަށް ލިބިއްޖެ އެވެ.

މައިލޯ ކަލާސް އެވޯޑް ލިބުނު ގޮއިދޫ ސްކޫލުގެ ދަރިވަރުންނަކީ މައީޝާ އަބްދުލްހަންނާނު އާއި ޝިރުހާން އަލީ އާއި އައިމިނަތު ރުދައިނާ އާއި ތޯހިރާ އަހްމަދު އާއި އާމިނަތު އަފާފު ނިޒާމް ގެ އިތުރުން އަދުހަމް މުޙައްމަދު އަދި އަހްމަދު ޒައިން އެވެ.

މީގެ އިތުރުން ސީއެޗްއެސްއީ ގައި ކިޔަވަމުން އަންނަ ގޮއިދޫ ކުއްޖެއް ކަމަށްވާ ޝަފްނާ އިބްރާހިމް އަށްވެސް ކަލާސް އެވޯޑް ވަނީ ލިބިފަ އެވެ.

މި ދަރިވަރުން “ނެސްލޭ މައިލޯ ކަލާސް އެވޯޑްސް” ހާސިލުކުރީ ޔޫތު ޗެމްޕިއަންޝިޕް ވޮލީ މުބާރާތުންނާއި، މައިލޯ އިންޓަ ސްކޫލު ވޮލީ މުބާރާތުންނާއި އިންޓަ ސްކޫލު ބީޗު ވޮލީ މުބާރާތުން ހޯދި ކާމިޔާބީތަކުންނެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ކަލާސް އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ކަލާސް އެވޯޑުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި ދަރިވަރުން ކާމިޔާބު ހޯދުމަށް ހިތްވަރު ލިބިގެންދާ ކަމަށެވެ. އަދި ސްކޫލު ދައުރަކީ ކުޅިވަރުގެ މައިދާނަށް ދަރިވަރުން ނުކުންނަން ލިބޭ އެންމެ ބޮޑު އެއް ހިތްވަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ކަލާސް އެވޯޑް ހާސިލްކޮށްފައިވާ ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ބައިނަލްއަގްވާމީ ފެންވަރުގެ ކުޅިވަރު މުބާރާތްތަކުގައި ގައުމު ތަމްސީލުކޮށް ގައުމަށް ރީތިނަން ހޯދައިދީފައިވާ ކަމީ އެވޯޑް ދިނުމުގެ މަގްސަދު ހާސިލްވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

މާލޭގައި މީގެކުރިން ބާއްވާ އިންޓަ ސްކޫލް މުބާރާތްތަކަކީ މާލޭގެ ސްކޫލްތަކުން އެކަނި ބައިވެރިވާ މުބާރާތްތަކަކަށް އޮތް އޮތުން މިހާރު ނިމުމަކަށް އައިސްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، އަތޮޅުތެރޭގެ އެކި ސްކޫލްތަކުން ދަރިވަރުން އައިސް މުބާރާތްތަކުގައި ބައިވެރި ވަނަތައް ހާސިލްކުރަމުންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.