ސާފްޗެމްޕިއަންޝިޕް: އުރީދޫ އެޕްގައި ގޯލްޖަހައިގެން އުރީދޫން ހިލޭ ޑާޓާ ލިބޭ ގޭމެއް

ސާޕް ޗެމްޕިއަންޝިޕް މުބާރާތާ ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮޮތުން، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އުރީދޫ މޯލްޑިވްސްއިން، ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ އެއް ޖީބީ ޑޭޓާ ލިބޭ ގޭމެއް އުރީދޫ މޯލްޑިވްސްގެ ސެލްފްކެއަރ އެޕް، އުރީދޫ އެޕުގައި ތައާރަފްކޮށްފިއެވެ.

ފަންސާސް ރުފިޔާއަށްވުރެ މަތިން ރީޗާރޖް ކުރައްވާ ފަރާތްތަކަށާއި ޕެކް އެކްޓިވޭޓް ކުރައްވާ ފަރާތްތަކަށް މިގޭމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޕެނަލްޓީ ކިކެއް ގޯލަށް ޖަހާ ސްކޯ ކުރާ ކަސްޓަމަރުންނަށް ހިލޭ ޖީބީ ލިބޭނެއެވެ.

ސްކޯ އެންޑް ވިން ގޭމް ކުޅޭނެ ގޮތް

1. އުރީދޫ އެޕް އަށް ޒިޔާރާތްކޮށްލައްވާ: http://ore.do/app
2. 50ރފ އާއި މަތިން ރިޗާރޖްކޮށްލައްވާ
3. ރީޗާރޖްކޮށްލުމުން ސްކްރީނުން ފެނިވަޑައިގަންނަވާ PLAY ONCE އަށް ފިތާލައްވާ
4. ޕެނަލްޓީ ކިކަކުން ގޯލްޖައްސަވާ ހިލޭ ޑޭޓާ ހޯއްދަވާ

ކުރިއަށް އޮތްތަނުގައިވެސް މިފަދަ މަޖާ ގޭމް ކުޅެގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސާޕް ޗެމްޕިއަންޝިޕް 2021 ގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ ކޮންޓެސްޓް އަދި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް މެޗްތައް ބަލާލުމަށް ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. މީގެ އިތުރުން ފުޓުބޯޅައިގެ ފޯރީގައި ރައްޔިތުންނާއި ބައިވެރިވެ ކުލަގަދަ ކުރުމަށް އެކި އެކި ހަރަކާތްތައް ވަނީ ރޭވިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.