ދިރާގުން ޓީޗަރުންނަށް ހާއްސަ ޕެކޭޖު ތަކެއް

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ

ޓީޗަރުންގެ ދުވަހާ ގުޅިގެން ދިރާގުން ޓީޗަރުންނަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނިން ބުނީ، މިއަދުން ފެށިގެން ތިން މަސް ވަންދެން ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ޕެކޭޖެއް ނަންގަވައިގެން މުދައްރިސުންނަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާރު ދިރާގު ޕޯސްޓްޕެއިޑް ގެންގުޅުއްވާ މުދައްރިސުންނަށް ވެސް އެބޭފުޅުން އެދިވަޑައިގަތުމުން މަހުފީ އިން ތިން މަސް ދުވަސް ވަންދެން 50 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

“މި ޚިދުމަތް ހޯއްދެވުމަށް ޖެހޭނީ އެޕްލިކޭޝަން ފޯމެއް ފުރަން. މި ފޯމުގައި އެ މުދައްރިސަކު ވަޒީފާ އަދާ ކުރާ ސްކޫލެއްގެ ތައްގަނޑު ޖެހުމަށް ފަހު އެޕްލައި ކުރެއްވުމުން އެއީ ޓީޗަރެއްކަން ވެރިފައި ކުރެވިގެންދާނެ އަޅުގަނޑުމެންނަށް،” މިއަދުގެ

ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މެނޭޖަރު، މުހައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.

ޕޯސްޓްޕެއިޑް ޕެކޭޖުތަކުން ޑިސްކައުންޓް ލިބޭ މި ޚިދުމަތުގެ އިތުރުން އެކުންފުނިން ވަނީ ޓީޗަރުން ބޭނުން ކުރައްވަމުން ގެންދަވާ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑް ޕެކޭޖުތަކަށް ވެސް މަހުފީގެ 50 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފަ އެވެ. އެ ޚިދުމަތް ވެސް ތިން މަސް ދުވަހުގެ މުއްދަތަކަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި އަލަށް ނަންގަވާ ކޮންމެ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑް ޕެކޭޖަކަށް ހިލޭ “މައިފައި” ޑިވައިސެއް ދޭން ނިންމާފައިވާ ކަމަށާއި އަލަށް ނަންގަވާ ބްރޯޑްބޭންޑް ޕޯސްޓްޕެއިޑްތަކަށް ވެސް ތިން މަސް ވަންދެން 50 ޕަސެންޓުގެ ޑިސްކައުންޓް ދޭން ނިންމާފައިވާ ކަމަށް ވެސް އެކުންފުނިން މިއަދު ބުންޏެވެ.

މި އޮފާގެ ދަށުން ދިރާގުން ވަނީ ޓީޗަރުންނަށް ޚާއްސަ ބްރޯޑްބޭންޑް ޕެކޭޖުތަކެއް ވެސް މުޅިން އަލަށް ތައާރަފްކޮށްފަ އެވެ. އެގޮތުން އެކުންފުނިން ތައާރަފްކުރި ޕެކޭޖުތަކަކަކީ 499 ރުފިޔާގެ މަހުފީ ދައްކަން ޖެހޭ 10 ޖީބީގެ ޕެކޭޖާއި 699 ރުފިޔާ މަހު ފީއަށް ދައްކަން ޖެހޭ 20 ޖީބީގެ ޕެކޭޖެވެ. މި ޕެކޭޖުތަކަށް ވެސް ފުރަތަމަ ތިން މަހުގެ، މަހުފީއަށް 50 ޕަސެންޓު ޑިސްކައުންޓް ލިބޭނެ އެވެ.

ދިރާގުން ބުނީ މި އޮފާތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުވާފައިވާ ކަމަށާއި ސްކޫލް ތައްގަނޑާ އެކު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ހުށަހެޅުއްވުމުން މި ޚިދުމަތްތައް ލިބޭނެ ކަށެވެ. އަދި ރާއްޖޭގެ ހުރިހާ
ސަރަހައްދެއްގައި ގާއިމްކޮށްފައި ހުރި ދިރާގުގެ ބްރާންޗުތަކުން މި ޚިދުމަތްތައް ލިބެން ހުންނާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.