ގޮއިދޫ ގައި ހިންގި ޤުރުއާން ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި

ބ. ގޮއިދޫ ގައި ހިންގި ޤުރުއާން ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި އެވެ.

ރޭ ގޮއިދޫ ޕްރީސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި، ކޯސްފުރިހަމަކުރި 54 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ.

މީގެ އިތުރުން ކޯސްތަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ އަށް ދިޔަ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން ހަދާނިލިޔުމުގެ އިތުރުން އެއްވަނަ ހޯދި ފަރާތްތަށް ޓްރޮފީ ހަވާލުކޮށްފައިވެއެވެ.

އީފިއަސް ކޮލެޖިއޭޓާއި ގޮއިދޫ ކައުންސިލް ގުޅިގެން ހިންގި މިކޯހުގެ ލެވެލް 1 ން އެއްވަނަ ހާސިލުކުރީ ގޮއިދޫ މާވިލު އައިޝަތު ޝަބާނާ އެވެ. ލެވެލް 2 ން ގޮއިދޫ ފަތަހަ، މާޔާ ވަޖީހް އަދި ލެވެލް 3 ން އެއްވަނަ ހޯދީ ގޮއިދޫ މަލަސް، އާއިޝަތު ނާޒިމާއެވެ.

މި ޖަލްސާގެ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު އަފްރާހް ވިދާޅުވީ އަތޮޅު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ބާއްވާ ޤުރުޢާން މުބާރާތްތަކުގައި ގޮއިދޫގެ ދަރިވަރުން ބައިވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަދި އަތޮޅުގައި ތަޢުލީމީ ޒުވާނުން އުފައްދައި ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ރޭވިގެން ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބ. އަތޮޅު ކައުންސިލުގެ ރައީސް އަފްރާހުގެ އިތުރުން އަތޮޅު ކައުންސިލްގެ އިސްވެރިން ވެސް މި ޖަލްސާގައި ބައިވެރިވެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.