ހޮސްޕިޓަލު މުވައްޒަފުންނަށް މުސާރަދީފި

ބ.އަތޮޅު ހޮސްޕިޓަލް |އީޓީ ފޮޓޯ:ތޯރިގް
ބ.އަތޮޅު ހޮސްޕިޓަލް |އީޓީ ފޮޓޯ:ތޯރިގް

ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދީ ލަސްވީ ބަޖެޓްގެ ތާށިކަމެއް އޮވެގެން ނޫން ކަމަށާއި މިހާރު ހުރިހާ މުވައްޒަފުންގެ އެކައުންޓް ތަކަށްވެސް މުސާރަ ޖަމާކޮށްދީފައިވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ބ. އަތޮޅުހޮސްޕިޓަލް އެކައުންޓަށް މުސާރަ ފައިސާ ޖަމާވުން ލަސްވީ މުސާރަ ޝީޓް ތައްޔާރު ކުރުމުގައި އެރި އެރާ އެއްގެ ސަބަބުންނެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ދުވަސްކޮޅެއް ނެގީ މިދިޔަ މަހުގެ ގިނަ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ ޕްރޮސެސްގައި ލަސްވި ލަސްވުމެއްގައި ކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލާ ހަވާލާދީ އޭދަފުށީ ވޮއިސްގައި ބުނެފައިވަނީ ވޭތުވެ ދިޔަ ތިން އަހަރުވެސް ބަރާބަރަށް މުސާރަ ފައިސާ ޖަމާ ކުރެވިފައި ވާނެ ކަމަށާއި ނަމަވެސް މީގެ ހަތަރު އަހަރު ކުރިއަށް ބަލާނަމަ ބައެއް މަސްމަހު ފައިސާގެ ތާށިކަން މެދުވެރިވެގެން މަހުގެ 15 އާހަމައަށް ދާއިރުވެސް ފައިސާ ޖަމާ ނުކުރެވި ގޮސްފައިވާނެ ކަމަށެވެ.

އަދި މިއީ އާއްމު ކަމެއްގެ ގޮތުގައި ހިނގާނެކަމެއް ނޫންކަމާއި މިއީ ދިމާވި އިއްތިފާގެއް އޭނާ އާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެ އެވެ.

ސަތޭކައެއްހާ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ބ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ލިބުން ލަސްވުމުގެ ސަބަބުން ބައެއް މުވައްޒަފުންނަށް ވަނީ ދަތިތައް ކުރިމަތިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.