ކައުންސިލަށް ޕީޕީއެމުގެ ޓިކެޓުގައި ކުރިމަތިލާން ހުޅުވާލައިފި

އިންތިހާބެއްގައި އޭދަފުށީގައި މީހަކު ވޯޓްލަނީ. ކައުންސިލް އިންތިހާބުގައި އޭދަފުށީ ކައުންސިލަށާއި އަތޮޅު ކައުންސިލް އޭދަފުށީ ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައި-- ފައިލް ފޮޓޯ
އިންތިހާބެއްގައި އޭދަފުށީގައި މީހަކު ވޯޓްލަނީ. ކައުންސިލް އިންތިހާބުގައި އޭދަފުށީ ކައުންސިލަށާއި އަތޮޅު ކައުންސިލް އޭދަފުށީ ދާއިރާއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާފައި– ފައިލް ފޮޓޯ

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި އޭދަފުށީ ކައުންސިލަށާއި އަތޮޅު ކައުންސިލުގެ އޭދަފުށީ ދާއިރާއަށް ވާދަކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ޕީޕީއެމް އޭދަފުށީ އޮފީހުން ނެރުނު އިއުލާނެއްގައި ބުނީ އިންތިހާބުގައި އެ ޕާޓީން ވާދަކުރަން ޝައުގުވެރިވާ މީހުން މި މަހުގެ 9 ގެ ކުރިން އެ އޮފީހަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 26 ގަ އެވެ. މި އިންތިހާބު ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ގަ އެވެ.

ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އޭދަފުށީ ކައުންސިލަށް މިފަހަރު އިންތިހާބު ކުރާނީ 5 މެންބަރުންނެވެ. މިއަތޮޅު ކައުންސިލަކަށް އިންތިހާބުކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.