ދިރާގު ފައިބާ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ގޮއިދުއަށް!

ދިރާގުން ދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓުގެ ހިދުމަތާ އެކު ދިރާގު ޓީވީގެ ހިދުމަތް ބ. ގޮއިދޫގައި ރަސްމީކޮށް ފަށައިފި އެވެ.

މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައި ވަނީ ގޮއިދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެކު އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދި ފޯމް ހުށަހަޅާ ސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އިންޓަނެޓަށް ބޭނުންވާ ރައުޓާ ހިލޭ ލިބޭނެ އެވެ. އަދި މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ނުވަތަ ޑިކޯޑަރު ހިލޭ ލިބޭނެ އެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. ރާއްޖޭގެ ގޭބިސީތަކުގެ 80 ޕަސެންޓަށް ހިދުމަތް ދިރާގުން މިހާރު ފޯރުކޮށްދެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.