ބީއެމްއެލްގެ އެހީގައި ގޮއިދޫގައި ބާބަކިއު ސަރަހައްދެއް

ބީއެމްއެލްގެ އެހީގައި ގޮއިދޫގައި ހުޅުވި ބާބަކިއު ސަރަހައްދު– ފޮޓޯ: ގޮއިދޫ ޔޫތު ސޮސައިޓީ

ބ. ގޮއިދޫ ރައްޔިތުން ބާބަކިއު ހެދުމަށް ތައްޔާރުކުރި ހާއްސަ ސަރަހައްދު މިއަދު ހުޅުވައިފި އެވެ.

މި މަސައްކަތުގައި އިސްވެ ހަރަކާތްތެރިވީ، ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީންނެވެ.

އެ ޖަމިއްޔާގެ ރައީސް ހަސަން ނިޒާމް “އީޓީ” އަށް ވިދާޅުވީ މި މަސައްކަތަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އިތުރުން ރަށުގެ ގިނަ ބައެއްގެ ފަރާތުން ފައިސާގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ލިބުނު ކަމަށެވެ.

ބީއެމްއެލްގެ އެހީގައި ގޮއިދޫގައި ހުޅުވި ބާބަކިއު ސަރަހައްދު– ފޮޓޯ: ގޮއިދޫ ޔޫތު ސޮސައިޓީ

“ޕިކްނިކް އޭރިއާ ހަދަން އަޅުގަނޑުމެންނަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ލިބުނު 50،000 ރުފިޔާ. ދެން ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށު ކައުންސިލުން އަދި ވަކިވަކި ފަރުދުން ވެސް އެހީވެދިން. އެގޮތުން ފައިސާގެ އެހީގެ އިތުރުން މިތަނުގައި ބޭނުންކުރާނެ ބައެއް ތަކެތިވެސް ހިލޭ ސާބަހަށް ލިބުނު” ހަސަން ނިޒާމް ބުންޏެވެ.

ގޮއިދޫ އުތުރު ފަރާތުގައި ތައްޔާރުކޮށްފައިވާ މި ބާބަކިއު އޭރިއާ ހަދާފައި ވަނީ ގޮއިދޫގެ ރައްޔިތުންގެ އިތުރުން ރަށުން ބޭރުން އެރަށަށް އަންނަ ފަރާތްތަކަށް ވެސް ބޭނުންކުރެވޭ ގޮތަށެވެ.

ބީއެމްއެލްގެ އެހީގައި ގޮއިދޫގައި ހުޅުވި ބާބަކިއު ސަރަހައްދު– ފޮޓޯ: ގޮއިދޫ ޔޫތު ސޮސައިޓީ

ބާބަކިއު އޭރިއާ އާންމުންނަށް ރަސްމީކޮށް ހުޅުވީ ރެ އެވެ. އެ ތަން ނިންމުމަށް ބައެއް މަސައްކަތްތައް ކޮންޓްރެކްޓަށް ދޫކޮށްލި ނަމަވެސް މި މަސައްކަތުގައި ރަށުގައި ދިރިއުޅޭ ޒުވާނުންގެ އެހީ ވަރަށް ބޮޑަށް ލިބުނު ކަމަށް ނިޒާމް ބުންޏެވެ.

މިތަން ބޭނުންކުރުމުގައި މޫދަށް އެއްވެސް ބާވަތެއްގެ ކުންޏެއް ނޭޅުމާއި އަލިފާން ބޭނުން ކުރުމުގައި ސަމާލުވުމަށް ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީން އިލްތިމާސްކުރެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކޮންމެ ކުއާޓާއެއްގައި ފަސް ރަށެއްގައި ޕްރޮޖެކްޓުތައް ހިންގަން އެހީވެ އެވެ. އެ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވާލެވޭ ޕްރޮޖެކްޓުތައް ހިންގަން މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.