އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީން އަހަރީ ބަންދާ ދިމާކޮށް “މޫލީ އިޔާ އެންޑް ސޭލް 2021” ފަށައިފި އެވެ.
މޫލީގެ އިޔާ އެންޑް ސޭލްގައި، އެ ޕްލެޓްފޯމުން ވިއްކާ ބައެއް ތަކެތިން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އެގޮތުން ސްމާޓް ފޯނާއި އެހެނިހެން ބައެއް ޑިޖިޓަލް ގެޖެޓުތަކުން ޑިސްކައުންޓް ލިބޭނެއެވެ.
އެ ސޭލްއަށް ހާއްސަ ސެކްޝަނެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ. އަދި އުރީދޫ އެޕް http://ore.do/app ނުވަތަ މޫލީ ވެބް http://ore.do/moolee މެދުވެރިކޮށް ވިޔަފާރި ކޮށްގެން ސޭލްގައި ބައިވެރިވެވޭނެއެވެ.
އުރީދޫއިން ވަނީ ކޮންމެ ނެޓްވޯކަކުން ވެސް އެ ސޭލްގައި ބައިވެރިވެވޭނެ ކަމަށާއި މޫލީން ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ވެސް ހިލޭ ޑެލިވާކޮށްދޭ ކަމަށް ބުނެފައެވެ.
އެ ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.