ކާޑުގެ އަގު ބޮޑުކުރުމުން ތުޅާދޫގައި މުޒާހަރާކުރަނީ

ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ތުޅާދޫގައި މިއަދު އަޑުއުފުލަނީ.
ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ތުޅާދޫގައި މިއަދު އަޑުއުފުލަނީ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަރަންޓާއި ކާޑުގެ އަގުބޮޑުކުރުމާ ގުޅިގެން ބ. ތުޅާދޫގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

މިއަދު ހެނދުނު ތުޅާދޫ ކައުންސިލު އިދާރާ ކުރިމަތީގައި މުޒާހަރާކުރަމުންދިޔަ މީހުން ގޮވާމުން ދިޔައީ ކާޑާއި ކަރަންޓުގެ އަގު ކުރީގެ އަގަށް ބަދަލުކުރުމަށެވެ. އަދި ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވައި ކައުންސިލު އިދާރާ ބަންދުކުރުމަށްވެސް މުޒާހަރާގެ ބައިވެރިން އަޑުއުފުލި އެވެ.

މުޒާހަރާގެ ބައިވެރިޔަކު ބުނިގޮތުގައި “ހެސްކިޔާފައި ކަޑަ” މިނަމުގައި އެރަށުގައި މިހާރު ކުރިއަށްދާ މުޒާހަރާއަކީ ވަކި ފިކުރެއް ބެލުމެއް ނެތި ތުޅާދޫ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ މުޒާހަރާއެއް ކަމަށެވެ.

“މިއީ ހުރިހާ ޒުވާނުންވެގެން އިންތިޒާމް ކުރި މުޒާހަރާއެއް.. ހެނދުނު ބޭއްވީ ކަައުންސިލު ކުރިމަތީގައި. މި މުޒާހަރާގައި ޕީޕީއެމްގެ މީހުންވެސް އެބަ ބައިވެރިވޭ. މިއީ ވަކި ބައެއް ބެލުމެއް ނެތި ރައްޔިތުންގެ ދަތިތައް އަންގަ ދިނުމަށް ކުރާކަމެއް،”

ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ތުޅާދޫގައި މިއަދު އަޑުއުފުލަނީ.
ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ތުޅާދޫގައި މިއަދު އަޑުއުފުލަނީ.

ތުޅާދޫ ކައުންސިލުގެ ރައީސް އަހުމަދު އަބްދުއްރަހީމް ވިދާޅުވީ، ޒުވާނުންގެ ޑިމާންޑުތަކާއި ގުޅިގެން ކައުންސިލުގެ ކުއްލި ޖަލްސާއެއް ބާއްވައި ކާޑާއި ކަރަންޓުގެ މައްސަލައިގައި ކައުންސިލަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

“ނަމަވެސް ކައުންސިލު ބަންދު ކުރެވޭނެ އެއްވެސް ގާނޫނި ބާރެއް ލިބިގެން ނުވާތީ އެކަން ކުރެވާކަށް ނެތް،” އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކާޑަށް ދޭ ސަބްސިޑީ ކުއްލިއަކަށް ކަނޑާލައި ހަމައެކަނި ފަގީރުންނަށް ދޭ އެއްޗެއްގެ ގޮތުގައި ހަމަޖެއްސުމާ އެކު ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ބޮޑުވެފަ އެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.