ސޮނޭވާފުށީގެ އިންޓާންޝިޕަށް 15 ޒުވާނުން ނަގައިފި

ސޮނޭވާފުށީގެ އިންޓާންޝިޕުގެ ދެވަނަ ބުރަށް ނެގި ކުދިން— ފޮޓޯ / ސޮނެވާފުށި
ސޮނޭވާފުށީގެ އިންޓާންޝިޕުގެ ދެވަނަ ބުރަށް ނެގި ކުދިން— ފޮޓޯ / ސޮނެވާފުށި

ފަތުރުވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ސޮނެވާފުށި ރިސޯޓުގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް 15 ޒުވާނަކު ނަގައިފި އެވެ.

ރާއްޖޭގެ އެންމެ ފެންވަރު މަތީ އެއް ރިސޯޓުން ބުނި ގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ބާއްވާ މި ޕްރޮގްރާމަށް ބައިވެރިން ހޮވީ މި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ދޭން މާލޭގެ އިތުރުން އޭދަފުށި، ފުވައްމުލައް އަދި އައްޑޫގައި ބޭއްވި އޯޕަންޑޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ 200 ދަރިވަރުންނާ އިންޓަވިއުކޮށް ޓެސްޓެއް ހެދުވުމަށްފަހު އެވެ.

ސޮނެވާފުށިން ބުނި ގޮތުގައި އިންޓާންޝިޕް ހިންގަނީ އޯލެވެލް އަދި އޭލެވެލް ފުރިހަމަކޮށްފައިވާ އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްނެވެ.

އެ ރިސޯޓުން ބުނިގޮތުގައި އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ މަހުގައި ބައިވެރިންނަށް ރިސޯޓުގެ ފުޑް އެންޑް ބެވަރެޖް، ގެސްޓް ރިލޭޝަންސް، ހައުސްކީޕިން، އިންޖީނިއަރިން، އެޗްއާރު އަދި ފައިނޭންސް ދާއިރާތަކުގެ ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން ތިއަރީގެ ބައިތައް ވެސް ކުރިއަށްދާނެ އެވެ. އަދި ބާކީ 11 މަހުގައި، ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ކަނޑައަޅައި އެ ދާއިރާއަކުން ކިޔަވައިދެ އެވެ.

ސޮނޭވާފުށީގެ އިންޓާންޝިޕުގެ ފުރަތަމަ ބުރު ފުރިހަމަކުރި ދަރިވަރުން— ފޮޓޯ / ސޮނެވާފުށި
ސޮނޭވާފުށީގެ އިންޓާންޝިޕުގެ ދެވަނަ ބުރަށް ނެގި ކުދިން— ފޮޓޯ / ސޮނެވާފުށި

މިއަހަރު މި ޕްރޮގްރާމަށް ހޮވުނު 15 ދަރިވަރުން ޕްރޮގްރާމްގައި ބައިވެރިވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމަ ދުވަހު އެ ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހަނީފު އެވެ. އެ ރަސްމިއްޔާތުގައި ސޮނެވާފުށީގެ ސީއީއޯ އަދި ޗެއާމަން ސޯނޫ ޝިވްދާސާނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި މިދިޔަ އަހަރު ފެށި އިންޓާންޝިޕް ޕްރޮގްރާމު ފުރިހަމަ ކުރި 12 ދަރިވަރުންނަށްވަނީ ސެޓްފިކެޓް ދީފަ އެވެ.

“ޖޫނިއަރ ހޮސްޓް ޕްރޮގްރާމް” ގެ ނަމުގައި އެ ރިސޯޓުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ފުރިހަމަކުރާ ދަރިވަރުންނަށް ދޭ ސެޓްފިކެޓަކީ އިންޓަނޭޝަނަލް ގަބޫލުކުރާ ޔޫތު ކެރިއާ އިނިޝިއޭޓިވް (ވައިސީއައި) ސެޓްފިކެޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.