ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅުން ތިން ޓީމު

13226819_612190602282386_1039899923158117454_n

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅުގެ ތިން ރަށަކުން ބައިވެރިވެއްޖެ އެވެ.

މިމަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ހިތާދޫ އާއި ތުޅާދޫ އަދި ކަމަދޫންނެވެ. ހިތާދޫވަން ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންޓީމެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން އެއް ޓީމަށް އަދި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި މާލޭގެ ކޮންމެ އަވަށަކުން ޓީމުތަކަށް ބައިވެރިވޭނެ ގޮތަށް ބާއްވާ މި މުބާރާތުގެ ފުރަތަމަ ބުރުގައި އަތޮޅު ޗެމްޕިއަނުން ހޮވާއިރު، މާލޭގެ ކޮންމެ އަވަށަކުން ޗެމްޕިއަނެއް ހޮވާނެ އެވެ. އޭގެ ފަހުން ކޮންމެ ތިން އަތޮޅެއްގެ މެދުގައި ބުރެއް ކުޅެ ޒޯން ޗެމްޕިއަން އަދި މާލޭގެ ކޮންމެ ކޮންމެ އަވަށެއްގެ މެދުގައި ކުޅެ މާލޭގެ ޗެމްޕިއަނުން ހޮވާނެ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމާއި މާލޭގެ ޗެމްޕިއަން ޓީމަށެވެ.

މި އަހަރު ރަޖިސްޓްރީކުރި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އަންނަނީ ރާއްޖޭގައި ބާއްވާ ގިނަ ފުޓްސަލް މުބާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިއީ އެ އެސޯސިއޭޝަނުން ބާއްވާ ފުރަތަމަ މުބާރާތެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ސޮނީ ސްޕޯޓްސް އެވެ. މި ފޯމެޓަށް މުޅި ރާއްޖެ އަށް ހުޅުވާލައިގެން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވަމުން އަންނައިރު މިއީ ފުޓްސަލްގައި މިހާތަނަށް އެންމެ ފުޅާކޮށް ބާއްވާ މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.