“މޯލްޑިވިއަން އައިޑޮލް 2″ގެ އޭދަފުށީ އޮޑިޝަން މިމަހު 29 ގައި

14567536_1118657154885044_3637139632825944712_o

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ “މޯލްޑިވިއަން އައިޑޮލް 2” ގެ އޭދަފުށީ އޮޑިޝަން މިމަހު 29 ގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީއެސްއެމް އިން ބުނި ގޮތުގައި މި ޝޯގެ އޭދަފުށީ އޮޑިޝަން އޮންނާނީ މަލްޓިޕާޕަސް އިމާރާތުގަ އެވެ.

“މޯލްޑިވިއަން އައިޑޮލް” ގެ ސީޒަން ދޭއްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެސްއެމްއެސް ކުރުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ އިރު، 16 އަހަރާއި، 30 އަހަރާއި ދެމެދުގެ ކޮންމެ ފަރާތަކަށް ވެސް ޝޯގައި ބައިވެރިވެވޭނެ އެވެ.

މޯލްޑިވިއަން އައިޑޮލްގައި ބައިވެރިވާން ކަނޑައެޅި ސަރަހައްދުތަކަށް އެސްއެމްއެސް ކުރުމަށްވެސް މިހާރުވަނީ ހުޅުވާލައިފަ އެވެ. އެގޮތުން އޭދަފުށީ އޮޑިޝަންގައި ބައިވެރިވުމަށް އެސްއެމްއެސް ކުރާނީ MIE ޖެހުމަށްފަހު، ހުސްތަންކޮޅެއް ދޫކޮށްފައި، ފުރިހަމަ ނަން، އުމުރު، އައިޑީ ކާޑު ނަންބަރު އަދި މިހާރު ދިރިއުޅޭ އެޑްރެސް ޖެހުމަށް ފަހު 300 އަށެވެ.

xd

އޭދަފުށީ އޮޑިޝަންގައި ބައިވެރިވުމަށް އެސްއެމްއެސް ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ 12:00އާ ހަމައަށެވެ.

ޕީއެސްއެމް އިން ކުރިއަށް ގެންދާ “މޯލްޑިއަން އައިޑޮލް 2” ގެ އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އޮޑިޝަންގެ ފުރަތަމަ ބުރު އަންނަ ހޯމަދުވަހު އައްޑޫގައި ފަށާނެ އެވެ. އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އަދި އޭދަފުށީގެ އިތުރުން ދެން އޮޑިޝަންތައް ކުރިއަށް ދާނީ މާލެ އާއި ލ. ގަމާއި އަދި ހދ. ކުޅުދުއްފުށީގަ އެވެ.

“މޯލްޑިވިއަން އައިޑޮލް 2″ ގެ ޖަޖުންގެ ތެރޭގައި މި ފަހަރު ވެސް ކުރީ ސީޒަންގެ ދެ ޖަޖުން ހިމެނެ އެވެ. އެއީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި މަރިޔަމް އުނޫޝާ (ކިޑީ) އެވެ. ތިން ޖަޖުން ހިމެނޭ ޕެނަލުން އަހުމަދު އިބްރާހީމް (އައްމަޑޭ) ބާކީކޮށް، ޕެނަލާ މި ފަހަރު ގުޅުނީ އަރަމުން ޒުވާން ލަވަ ކިޔުންތެރިޔާ އިސްމާއީލް އައްފާނެވެ.

ދިރާގުން މި ފަހަރު ވެސް ޓައިޓްލް ސްޕޮންސަރުކަން ނަގާފައިވާ “މޯލްޑިވިއަން އައިޑޮލް 2” ގެ ޕްރެޒެންޓަރުންނަކީ ކުރީ ސީޒަންގެ ވެސް ޕްރެޒެންޓަރު މޫސާ ވަސީމާއި މި ފަހަރު އަލަށް ގުޅުނު މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.