ކޮވިޑްގެ ކޭސްތައް ގިނަވެ، ކެންދު އާއި ތުޅާދޫ ވެސް ބަންދު

ތުޅާދޫގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް: އަދަދު ފޮޓޯ/އާއިމް ޒަމީރު

ކޮވިޑް-19ގެ ކޭސްތައް ގިނަވެ، ބ. ކެންދު އާއި ތުޅާދޫ މޮނިޓަރިން ހާލަތަށް ގެނެސްފި އެވެ.

ކެންދޫ މޮނިޓަރިން ހާލަތަށް ގެނެސް، އެ ރަށަށް އަރައި ފޭބުން މިދިޔަ ހުކުރު ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މަނާކުރީ ކޮވިޑް-19 ގެ ކޭސްތައް އެ ރަށުގައި އިތުރުވަމުންދާތީ އެވެ.

އެރަށު ކައުންސިލުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު އެރަށުގައި ކޮވިޑް ޖެހިފައިތިބި 48 މީހުން އެބަތިއްބެވެ.

ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދާތީ ތުޅާދޫ މޮނިޓަރިންގެ ހާލަތަށް ގެނައި މިއަދު އެވެ. އެހެންވެ، އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން އެރަށަށް ވެސް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. މި ދެ ރަށުގެ އިތުރުން މިއަތޮޅުގެ ވެރިއަށް އޭދަފުއްޓާއި ގޮއިދޫ ވެސް މިވަގުތު އޮތީ ބަންދުކޮށްފަ އެވެ.

ތުޅާދޫ ސިއްހީ މަރުކަޒުން އެންމެ ފަހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އެރަށުން މިއަދު އެކަނި ވެސް ކޮވިޑްގެ 38 ކޭސް ފެނުނެވެ.  މިވަގުތު ތުޅާދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 75 އެވެ.

މި ދުވަސްވަރު ރާއްޖޭގައި ކޮންމެ ދުވަހަކު ފެންނަ ކޮވިޑްގެ ކޭސްތައް 2،000 އިން މައްޗަށް އަރަ އެވެ. އޭގެ ތެރޭގައި ރަށްރަށުން ފެންނަ ކޭސްތައް ވެސް އިތުރުވިއިރު މިވަގުތު 33 ރަށަކުން ކޮވިޑް ފެނިގެން އޮތީ ބަންދުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.