ގައުމީ ހޭންޑްބޯލް ޓީމާއެކު ގޮއިދޫ ސްކޫލުގެ 4 ދަރިވަރަކު ބަންގްލަދޭޝް އަށް

ގައުމީ ހޭންޑްބޯލް ޓީމަށް ނެގި ގޮއިދޫ ސްކޫލުގެ ދަރިވަރުން ބަންގްލަދޭޝް އަށް ފުރުމުގެ ކުރިން ބެލެނިވެރިންނާއެކު ފޮޓީއަކަށް ހުއްޓިގެން. ފޮޓޯ / މުހައްމަދު ނިޒާމް
ގައުމީ ހޭންޑް ބޯލް ޓީމަށް ނެގި ގޮއިދޫ ސްކޫލުގެ ދަރިވަރުން ބަންގްލަދޭޝް އަށް ފުރުމުގެ ކުރިން ބެލެނިވެރިންނާއެކު ފޮޓީއަކަށް ހުއްޓިގެން. ފޮޓޯ / މުހައްމަދު ނިޒާމް

ގައުމީ ހޭންޑްބޯލް ޓީމުގައި ބ. ގޮއިދޫ ސްކޫލުގެ 4 ދަރިވަރަކު ހިމެނި، ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ އައިއެޗްއެފް ޓްރޮފީ ގައި ވާދަކުރުމަށް މިއަދު ބަންގްލަދޭޝްއަށް ފުރައިފި އެވެ.

އަންނަ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނަ މި މުބާރާތުގައި 20 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ގައުމީ ހޭންޑްބޯލް ޓީމާއެކު ފުރި ގޮއިދޫ ސްކޫލުގެ ދަރިވަރުންނަކީ ގްރޭޑް 10 ގައި ކިޔަމުން އަންނަ މައީޝާ އަބްދުލް ހަންނާނު އާއި ގްރޭޑް 9 ގައި ކިޔަމުން އަންނަ އަހްމަދު ސައްފާހު އާއި ޝިރުހާން އަލީގެ އިތުރުން މިދިޔަ އަހަރު ގްރޭޑް 10 ނިންމި އަމްހަރު އިބްރާހިމް އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިޔާ، ސްރީލަންކާ، ނޭޕާލް، ޕާކިސްތާނު، އަފްގާނިސްތާނު އަދި ބަންގްލަދޭޝް އިން ބައިވެރިވެ އެވެ.

ފަހަކަށް އައިސް ބ. ގޮއިދޫ ސްކޫލުގެ ދަރިވަރުން އަންނަނީ ކުޅިވަރު ހަރަކާތްތަކުން ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތައްވެސް ހޯދަމުންނެވެ. އެގޮތުން ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދެމުން އަންނަ “ނެސްލޭ މައިލޯ ކަލާސް އެވޯޑްސް” މިއަހަރު އެ ސްކޫލުގެ 7 ދަރިވަރަކަށްވަނީ ލިބިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.