
އޭދަފުށީގައި ކޮސްމެޓިކްސް އަށް ޚާއްސަކޮށް އާ ފިހާރައެއް ހުޅުވައިފިއެވެ.
އޭދަފުށީ ޔޫސުފް ކަލޭފާނު މަގުގައި ހުޅުވި “ބިއުޓީ ގްލޯ” ފިހާރަ އިން މައިގަނޑު ގޮތެއްގައި ވިއްކަނީ އަންހެނުންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ތަކެތި ކަމަށް އެ ތަނުން ބުންޏެވެ.
އޭގެ ތެރޭގައި ދިވެހި ޒުވާން އަންހެން ކުދިންގެ މެދުގައި މަޝްހޫރު ނޯޓް ބްރޭންޑްގެ ރީތިވާ ސާމާނާއި މޭކަޕްގެ ބާވަތްތައް ހިމެނެ އެވެ.
ނޯޓް އަކީ ދުނިޔޭގެ ފާހަގަކޮށްލެވޭ މޭކަޕް ބްރޭންޑުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ. މި ކުންފުނީގެ އުފެއްދުންތައް މުޅި ރާއްޖޭގައި މިހާރު ވެސް ވަރަށް މަޝްހޫރެވެ.
ބިއުޓީ ގްލޯ އިން ބުނިގޮތުގައި އަންހެނުންގެ ރީތިވާ ސާމާނަށް ޚާއްސަ ފިހާރައެއް އޭދަފުށީގައި ހުޅުވީ، ރީތިވާ ސާމާނު އެންމެންނަށްވެސް ގަނެވޭނެ ފަދަ އަގެއްގައި ފޯރު ކޮށްދިނުމުގެ ގޮތުންނެވެ. އެގޮތުން ނޯޓް ބްރޭންޑްގެ އައިޓަމްތައް މާލެއެކޭ އެއް އަގެއްގައި އެ ފިހާރިން ލިބިގެންދާނެ އެވެ.
މި ފިހަރާ ހުޅުވުމުގެ ގޮތުން ރޭ ވަނީ އެ ފިހާރައަށް ޒިޔާރަތްކުރި ފަރާތްތަކަށް ނޯޓުގެ ގިފްޓް ޕެކް ވެސް ބަހައިފަ އެވެ.




